English Edition
Dhivehi Edition

ކައިވެންޏެއް ކުރާނީ ދެމީހަކު ލޯބިން އަދި އެތައް ގުރުބާނީ ތަކެއް އެކަކު އަނެކަކަށް ވާނެކަމަށް ވައުދުވެފައެވެ. ނަމަވެސް ކައިވެންޏަށްފަހު ކުރިން ވެފައިވާ ވައުދުތައް ގިނަފަހަރު ހަނދާންނެތެއެވެ. އޭގެ ނަތީޖައަކަށް ވަނީ ކައިވެނި ކޮށްގެން ހަޔާތެއް ވޭތު ކުރަމުން އަންނަ ދެމީހުންނަށް އެކަކު އަނެކަކަށް ވަގުތު ނުދެވި ކުޑަމިނުން ވާހަކަ ދައްކާލާނެ ވަގުތެއްވެސް ނުލިބުމެވެ.

ކައިވެނީގެ ހަޔާތުގައި އަނބިމީހާ އާއި ފިރމީހާ އާ އޮންނަ ގާތްކަން ބަލައި ލުމަށް1500 އަންހެނުން ގެ މެދުގައި “ޗެމްޕްނީސް ސްޕާ އެންޑް ހެލްތް ކެއަރ” އިން ދިރާސާއެއްކުރެވުނެވެ. މިދިރާސާގައި ދައްކާ ގޮތުގައި ފިރިމީހާ އަށް ވުރެ ބެސްޓްފްރެންޑާ އޮންނަ ގުޅުން މާ ވަރުގަދަކަމަށް ވަނީ ދައްކާފައެވެ.

އެގޮތުން އެންމެ ގިނަބައިވެރިން ބުނެފައިވަނީ ފިރިމީހާ އަށް ވުރެ ބޮޑަށް ދިރި އުޅުމުގައި ދިމާވާ ކަންކަން ހިއްސާކުރެވެނީ ބެސްޓް ފްރެންޑް ގާތުގައި ކަމަށެވެ. %50 ބައިވެރިން ބުނެފައިވަނީ ފިރިމީހާއަށް ވުރެ ގާތްކަން ބޭއްވެނީވެސް ބެސްޓްފްރެންޑާ ކަމަށެވެ.

57% މީހުން ބުނީ އެމީހުންނަށް ކޮންމެ ވާހަކަ އެއްވެސް ފަސްޖެހުމެއް ނެތި ދައްކާލެވެނީ ބެސްޓް ފްރެންޑާ ކަމަށް ވާއިރު އަނެއް %44 މީހުން ބުނެފައިވަނީ ފިރިމިހާ ކައިރީ ބުނަން ނުކެރޭ ވާހަކަ އެއްވެސް އުނދަގުލަކާ ނުލާ ބެސްޓް ފްރެންޑާ ހިއްސާ ކޮށްލެވޭ ކަމަށެވެ.

%66 މީހުން ބުނެފައިވަނީ އެމީހުން ބޭރުތެރޭގައި އުޅޭ އުޅުމުގައި ބްސްޓްފްރެންޑާ އެކު ހޭދަކުރަ ވަގުތުތަކުގައި އެއްވެސް ފިރިހެން ބަޔަކު އެމީހުން ގެ އެ އުފާވެރި ވަގުތު ތަކުގައި ވަށައިގެންވާ އެ މާހައުލު ތަކުގައި ތިބުމުން ވެސް އެމީހުންނަށް އުނދަގޫ ވާކަމަށެވެ. އެހެން ކަމުން “ބެސްޓް ފްރެންޑް ޓައިމް” ވާން ޖެހޭނީ ހަމައެކަނި ބެސްޓް ފްރެންޑް ޓައިމް ކަމަށެވެ.

މި ދިރާސާގައި ގިނަމީހުން ބެސްޓްފްރެންޑް އެއީ ފިރިމީހާ އާށްވުރެން ގާތް މީހާ ކަމަށް ބުނެފައިވާއިރު، އެއްބަޔަކު ބުނެފައިވަނީ ބެސްޓް ފްރެންޑް އަދިފިރިމީހާ އާ ވާހަކަ ތައްހިއްސާ ކުރަނީ ހަމަ ހަމައަށް ކަމަށެވެ.

ފިރިމީހާ އާށްވުރެން ބެސްޓްފްރެންޑް އެމީހުންގެ ވާހަކަތައް އަޑުއަހާކަމަށް %45 މީހުން ބުނެފައި ވާއިރު ކޮންމެ 4 އަންހެނަކުން އެކަކު ބުނެފައި ވަނީ ބެސްޓްފްރެންޑަށް ވުރެން ފިރިމީހާ އާޖެހޭ މައްސަލަތައް ގިނަކަމަށެވެ.

މިދިރާސާގައި %28 މީހުން ބުނެފައިވަނީ ފިރމީހާ އަށްވުރެން ރަގަޅަށްނަސޭހަތް ދެނީވެސް އެންމެ ގާތުން ދިރިއުޅުމުގެ މައްސަލަތައް ހައްލުކުރުމުގައި އެހިވަނީ ވެސް އެންމެ ގާތްއެކުވެރިޔާ ކަމަށެވެ.

މިދިރާސާ ނިންމާލުމުން ބައިވެރިން ބުނެފައިވަނީ ދިރިއުޅުމުގެ ހުރިހާ ވަގުތަކާއި އުމުރުގެ ބާކީ ބައި ހޭދަކޮށްލަން ތިބި ބަޔަކީ ފިރިން ކަމަށް ވާއިރު ގިނަ ފިރިންނަށް ދިރިއުޅުމުގެ އެންމެ ބޮޑު ބުރަ އުފުލަމުންދާ އަނބިން ނަށް ވަގުތު ނުދެވޭތީ ބެސްޓްފްރެންޑް ގެ އެހީ ހޯދަން މަޖުބޫރުވަނީ ކަމަށެވެ.