English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއަރ ލީގުގައި ޗެލްސީ އާއި ބާންލީ ބައްދަލުކުރި މެޗުން ޗެލްސީ ފަސޭހަ މޮޅެއް ހޯދިއިރު ޖެހިޖެހި ގެން 10 މެޗުން މޮޅުވެ މިސީޒަންގައި ރަނގަޅު ކުޅުމެއް ދައްކަމުން އައި އާސެނަލް ކްރިސްޓަލް ޕެލެސްއާ އެއްވަރުވެ އާސެނަލްގެ މޮޅުވުމުގެ ސިލްސިލާއަށް ނިމުމެއް އައިސްފިއެވެ.

ލީގުގައި ރޭ ޗެލްސީ އާއި ބާންލީ ބައްދަލުކުރި މެޗު 0-4ން ލަނޑުން ބާންލީގެ ދަނޑުގައި ކުޅުނު މެޗު ޗެލްސީ ކާމިޔާބުކޮށްފައިވާއިރު އާސެނަލް އާއި ޕެލެސް ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ.

ރޭގެ މެޗުން ފަސޭހަ މޮޅެއް ހޯދައި ޗެލްސީ ވަނީ 24 ޕޮއިންޓާއެކު ލީގު ތާވަލުގެ ދެވަނަ މަގާމުގައި އޮތްއިތު ރޭގެ މެޗުން މޮޅުވެ ތިންވަނަ މަގާމަށް ދެވެން އޮތް އާސެނަލް އޮތީ 22 ޕޮއިންޓާއެކު ހަތަރު ވަނައިގައެވެ.

ޗެލްސީގެ ފަރާތުން މޮޅުކުޅުމެއް ފުރަތަމަ އަދި ދެވަނަ ހާފްގައި ފެނިގެން މިމެޗުގައި ގޮސްފައިވާއިރު އެ ޓީމުން ވަނީ އެ ޓީމުން ވަނީ ގިނަ ވަގުތު ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅެ ބާންލީގެ ގޯލާއި އަމާޒުކޮށް ނުރައްކާތްކޮށް ގިނަ ހަމަލާތަކެއް މެޗުގެ ކުރީކޮޅު ފޮނުވާލާފައެވެ.މިގޮތުން ޗެލްސީއިން ވަނީ އެޓީމްގެ ފުރަތަމަ ލަނޑު މެޗުގެ 22 ވަނަ މިނެޓުގައި ކާމިޔާބުކޮށްފައެވެ.މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އަލްވާރޯ މޮރާޓާއެވެ.

މޮރާޓާގެ ލަނޑާއި އެކު 1-0 ލަނޑުން ޗެލްސީ ކުރީގައި އޮވެ ފުރަތަމަ ހާފް ނިންމާލި ނަމަވެސް ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވެ ޗެލްސީން ވަނީ އެ ޓީމްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.މި ލަނޑު މެޗުގެ 57 ވަނަ މިނެޓުގައި ޖަހައިދިނީ ރޮސް ބާކްލީއެވެ.

ޗެލްސީގެ ފަރާތުން ދެ ވަނަ ލަނޑަށް ފަހު ވެސް ކާރި ކާރީގައި ގިނަ ހަމަލާތަކެއް ފޮނުވާލުމުގެ ނަތީޖާއަކަށްވީ ރޮސް ބާކްލީ ލަނޑު ކާމިޔާބުކުރިތާ މާގިނަ އިރުތަކެއް ނުވެ ވިލިއަން ވަނީ ޗެލްސީއަށް ތިން ވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ. އަދި އެ ޓީމުގެ ފަހު ގޯލު މެޗުގެ އިތުރު ވަގުތުގައު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުތް ރުބެން ލޮފްޓަސްޗީކްއެވެ.

ރޭގެ ކުޅުނު ފޯރިގަދަ އަނެއް މެޗުގައި އާސެނަލް އާއި ކްރިސްޓަލް ޕެލެސް ބައްދަލުކުރި މެޗުގައި އާސެނަލް ސިއްސުވާލުމަށްފަހު ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ލިބުނު ޕެނަލްޓީއަކުން ޕެލެސްގެ މިލިވޮޖެވިކް ވަނީ އެޓީމްއަށް މެޗުގެ ލީޑު ނަގާދީފައެވެ.އެހެން ނަމަވެސް އާސެނަލް އިން ވަނީ ދެވަނަ ހާފުގައި މެޗުގެ ކުޅުން ވަރުގަދަކޮށް ދެވަނަ ހާފަގައި ކާމިޔާބުކުރި ދެ ލަނޑުން މެޗުގެ ލީޑުނަގާފައެވެ.މި ގޯލުތައް އެޓީމަށް ޖަހައިދިނީ މިދިޔަ ސީޒަންގައި އެ ޓީމް އާއި ޖަރުމަންގެ ބޮރޯޝިޔާ ޑޯޓްމަންޑް ގުޅުނު އަބުމަޔެންގް އާއި ގްރަނިކް ޒަކާ އެވެ. މި ނަތީޖާ އާއެކު އާސެނަލް މޮޅުވާން ދަނިކޮށް މިލިވޮޖެވިކް ވަނީ އަނެއްކާ ވެސް ގޯލެއް ޖަހައި މެޗުން ޕެލެސްއަށް ޕޮއިންޓެއް ހޯދައިދީފައެވެ.