ޕްރިމިއަރ ލީގުގައި ރޭ ޓޮޓެންހަމް އަތުން ބަލިވެ އަންނަ ސީޒަންގައި ޗެމްޕިއަންސް ލީގަގަށް ކޮލިފައިވުމަށް އިތުރު ހުރަސްތަކަކާއި ކުރިމަތިލާން ޖެހިއްޖެއެވެ.
ރޭ ލީގުގައި ކުޅުނު މެޗު ޓޮޓެންހަމް އިން ކާމިޔާބުކޮށްފައިވަނީ ޗެލްސީ ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރައި 3-1 ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ.
ރޭގެ މިމޮޅާއި އެކު ގަދަ ހަތަރަކަށް ވާދަކުރަމުން އައި މިދެ ޓީމް ފަރަގު ބޮޑު ވެފައި ވާއިރު ރޭގެމި މޮޅާއެކު ޓޮޓެންހަމް އޮތީ 64 ޕޮއިންޓާ އެކު ލީގުގެ ހަތަރުވަނައިގައެވެ. ޗެލްސީ 56 ޕޮއިންޓާ އެކު ލީގުގެ ފަސްވަނައިގައި އޮތް އިރު ލީގުގެ އެއްވަނައިގައި 84 ޕޮއިންޓާ އެކު އޮތީ މެންޗެސްޓަރ ސިޓީއެވެ.
ޗެލްސީގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ކުރީކޮޅު ޗެލްސީ އިން ރަނގަޅު ކުޅުމެއް ދައްކައި މެޗުގެ 30 ވަނަ މިނެޓްގައި މޮރާޓާގެ ލަނޑުން ޗެލްސީ އިން ވަނީ ލީޑު ނަގާފައެވެ.
މޮރާޓާގެ މި ލަނޑާއި އެކު އަމިއްލަ ދަނޑުގައި ޗެލްސީން އިން ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފްގެ ބޮޑުބައި ކުޅުނު ނަމަވެސް ފުރަތަމަ ހާގްފެ އެންމެ ފަހު މިނެޓްގައި ކްރިސްޓިއަން އެރިކްސަން ވަނީ ޓޮޓެންހަމް އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
އެރިކްސަންގެ ލަނޑުން ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނު ނަމަވެސް މެޗުގެ ދެވަނަ ހާފްގައި ޓޮޓެންހަމް އިން ވަނީ މޮޅު ކުޅުމެއް ދައްކައި މި ހާފްގައި ޑެލޭ އަލީ ކާމިޔާބުކުރި ދެ ލަނޑު ން އަމިއްލަ ދަނޑުގައި ޗެލްސީ ބަލިކޮށްފައެވެ.
ރޭގެ މޮޅަކީ ޗެލްސީގެ ދަނޑުގައި ޓޮޓެންހަމްއިން 1990 ވަނައަހަރަށް ފަހު ޗެލްސީގެ ދަނޑުގައި ކުޅެ ޗެލްސީގެ މައްޗަށް ޓޮޓެންހަމް އިން ކުރި ހޯދި ފުރަތަމަ ފަހަރުއެވެ.