English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ސްޕެއިންގެ މިޑްފީލްޑަރު ޑޭވިޑް ސިލްވާ ކާމިޔާބުކުރި ދެ ލަނޑުން ސްޓޯކް ސިޓީ ބަލިކޮށް މެންޗެސްޓަރ ސިޓީ ލީގު ހޯދުމާއި ވަރަށް ގާތަށް ޖެހިލައިފިއެވެ.

ރޭގެ މި މޮޅާއި އެކު މެންޗެސްޓަރ ސިޓީ ދެވަނާގައި އޮތް މެންޗެސްޓަރ ޔުނައިޓެޑްއަށް ވުރެ 16 ޕޮއިންޓް

އިތުރަށް ހޯދާފައިވާއިރު ދެން ސިޓީއަށް ލީގު ހޯދަން މޮޅުވާން ޖެހޭނީ އެންމެ ދެ މެޗުންނެވެ.

1998ވަނަ އަހަރު ފަހުން ލީގުގައި ދެ މެޗުގައި ސިޓީން ސްޓޯކް ސިޓީ ފުރަތަމަ ބަލިކުރި މިމެޗު ސިޓީން ކާމިޔާބުކޮށްފައިވަނީ 2-0 ލަނޑުންނެވެ.

ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ސިޓީއިން މެޗު ފަށައިގެން ފުރަތަމަ ދިހަވަނަ މިނެޓުގައި ސިލްވާގެ ލަނޑުން ސިޓީން ލީޑު ނަގާފައިވާއިރު ސިޓީގެ ދެވަނަ ލަނޑު ދެވަނަ ހާފް ފަށައިގެން ފަސް މިނެޓް ނުވަނީސް ވެސް ޖަހާފައިވަނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ސިލްވާއެވެ.

ރޭގެ މެޗުގައި ކަކުލަށް ލިބުނު އަނިޔާ އަކާއި ގުޅިގެން ސިޓީގެ އެންމެ މުހިންމު ކުޅުންތެރިޔާ އާޖެންޓީނާގެ ފޯވާޑް ސިޖިއޯ އަގުއޭރޯ ކުޅެފައެއް ނުވެއެވެ.

އަގުއޭރޯގެ ކަކުލަށް އަނިޔާވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގައިއެވެ.މިއަނިޔާއަށް ފަހު ސިޓީގެ މެޑިކަލް ޓީމުން ބުނީ ސްކޭންތަކުން ދައްކާ ގޮތުން އަގުއޭރޯ އެނބުރި އަންނަން ދެ ހަފްތާ ނަގާނެ ކަމަށެވެ.

ރޭގެ މެޗުން މޮޅުވެ ޕްރިމިއާ ލީގުގެ އެއްވަނައި ކުޅުނު 30 މެޗުން ސިޓީއަށް 81 ޕޮއިންޓް ލިބިފައިވާ އިރު، މެންޗެސްޓާ ޔުނައިޓެޑަށް 30 މެޗުން ލިބިފައިވަނީ 65 ޕޮއިންޓެވެ.އަދި ތިންވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާއަށް ލިބިފައިވަނީ 30 މެޗުން 61 ޕޮއިންޓްއެވެ.