English Edition
Dhivehi Edition

ބޮލީވުޑްގެ އެކްޓަރ އަރުޖުން ރަމްޕަލްގެ މަންމަ ގްވެން ރަމްޕަލް މަރުވެއްޖެއެވެ.

ހަބަރުތައްބުނާގޮތުގައި ކެންސަރު ބައްޔާ ހަނގުރަމަކުރަމުން ދިޔަ ގްވެން މަރުވެފައިވަނީ އާދީއްތަދުވަހުގެ ވަގުތެއްގައެވެ.

ދާދިފަހުން އަރުޖުންވަނީ އޭނަގެ މަންމައަށް އުރަމަތީ ކެންސަރު ޖެހި އެބައްޔަށް ފަރުވާ ކުރަމުން ދާކަން ވީޑިއޯ އަކުން ހާމަކޮށް އެބައްޔަށް ގްވެން ފަރުވާ ހޯދާ އެއްކޮށް ރަނގަޅުވެފައިވާ ކަމަށްބުނެފައެވެ. ނަމަވެސް ދިހަމަސްފަހުން އަނެއްކާ މަންމަގެ ހަށިގަނޑުން ކެންސަރު ގެއަލާމާތް ފެނި ފުއްޕާމެއަށްފެތުރުނުކަމަށް އަރުޖުން އެވީޑިއޯގައި ބުނެފައިވެއެވެ.

ގްވެން ރަމްޕަލް އިއްޔެގެ ހެނދުނުގެ ވަގުތެއްގައި މަރުވެފައިވާއިރު އޭނަގެ ޖަނާޒާގައި ބޮލީވުޑްގެ ގިނަފަންނާނުން ވަނީ ބައިވެރިވެފައެވެ. ބޮލީވުޑްގެ ތަރިންގެ އިރުތުން ގްވެންގެ ޖަނާޒާގައި އަރުޖުންގެ ކުރީގެ އަނބިމީހާ އާއި ދެ އަންހެން ދަރީންގެ އިރުތުން އޭނަގެ މިހާރު ގެ ލޯބިވެރިޔާ ގެބްރިއްލާ ވެސް ވަނީ އެ ޖަނާޒާގައި ބައިވެރިވެފައެވެ.

އުމުރުން 45 އަހަރުގެ އަރުޖުންއާއި މެހެރް 47 ގެ ވިހި އަހަރު ވީކައިވެނި ރޫޅިފައިވަނީ މިދިޔައަހަރު އެވެ. އަރުޖުން ރަމްޕަލް އެންމެފަހުން ފެނިގެންދިޔައީ ޖޭޕީ ދައްތާ ޑައިރެކްޓް ކޮށްފައިވާ ފިލްމް ޕަޓްލާން އިންނެވެ.