English Edition
Dhivehi Edition

ކޮންމެ ކުއްޖަކީވެސް މޮޅު ކުއްޖަކަށް ހަދަން ބޭނުންނުވާނެ އެއްވެސް ބެލެނިވެރިއަކު ނުހުންނާނެކަން ޔަގީނެވެ. އެމީހެއްގެ ދަރިފުޅަކީ ކުލާހުންވެސް އެންމެ ރަގަޅު ނަތީޖާ ނަގާ އެންމެ މޮޅު ކުދީންނާއި އެއްވަރަށް މާކުސް ހޯދާ ކުއްޖަކަށް ވުމަށް ކޮންމެ ބެލެނިވެރިއަކު ވެސް ބޭނުންވާނެއެވެ.

އެހިސާބަށް ކުއްޖާ ދަނީ ވަކި މަރުހަލާތަކެއް ކަޑަތުކުރުމަށްފަހުގައެވެ. ގޭތެރެއިންނާއި ބޭރުން ކުއްޖާއަށް ބޭނުންހިފޭނެ ކަންކަން ބެލެނިވެރީން ދަސްކޮށްދޭންޖެހެއެވެ. މިގޮތުން އެކުދީން ޝައުގުވެރިވާނޭ ގޮތްގޮތަށް ކަންކަން ޕްލޭން ކުރެވެންޖެހެއެވެ. ކުޅިވަރަކީ މިގޮތުން ބަލާއިރު މިކަމަށް ވަރަށް އެހީތެރިކަންބޮޑު އެއް ހަރަކާތެވެ. ކުޅިވަރު ކުޅުމުގައި ކުއްޖާ ވަރަށްގިނަ ކަންކަން ދަސްކުރެއެވެ.

އެގޮތުން ކުޅިވަރުގެ ތެރެއިން ކުއްޖާއަށް މުރާލިކޮށް މަސައްކަތް ކުރަން ދަސްވެއެވެ. ބުރަ މަސައްކަތަކީ ކާމިޔާބީގެ ސިއްރޭ ބުނާފަދައިން ކުޅިވަރުގެ ތެރެއިން ކުއްޖާއަށް ފޫހިކަމެއްނެތި ގިނަވަގުތު މަސައްކަތް ކުރުމަށް ދަސްވެއެވެ. ކުއްޖާއަށް އެނގެންޖެހެނީ އެކަމަކަށް ސަމާލުކަންދީ ގިނަވަގުތު އެކަމެއްގެތެރޭގައި ހޭދަކޮށްފިނަމަ އެކަންކުރަން އެންމެ ރަނގަޅުގޮތް ދަސްވާނެކަމެވެ. އަދި ކާމިޔާބުވުމަށް ދެން އުނދަގޫނުވާނެކަމާއި އެ ކުއްޖާ ކުރި މަސައްކަތުން އެކަމެއްގައި ކުރިއެރުން ލިބޭނޭކަމެވެ.

ނާކާމިޔާބީގައި ހިއްވަރުދޫނުކުރުމަށް ދަސްވުމުގެ އިތުރުން ކުޅިވަރުގެ ތެރެއިން ކުދިންނަށް ދަސްވާ އަނެއް ކަމަކީ ކުރާ ކޮންމެ ކަމެއްގައި ކާމިޔާބު ނުވެހިނގައިދާނެކަމާއި އެކަހަލަ ހާލަތެއްގައި ހިއްވަރު އެލުވާނުލުމެވެ. ދިރިއުޅުމުގައިވެސް ކަމެއްގައި ކާމިޔާބުނުވުން އެކަމަކުން މީހާ ފޫހިނުވެ އިތުރު ހިއްވަރަކާއި އެއްކޮށް އެކަމެއްގައި ކުރިޔަށް ދާން މަސައްކަތް ކުރުމުގެ މުހިއްމުކަން ދަސްވެއެވެ.

 

ޓެގު