އައްޑޫ ސިޓީ ޕޮލިސް އިން އިންތިޒާމް ކޮށްގެން ކުރިޔަށް ގެންދާ ‘އައްޑޫ ސިޓީ ޕޮލިސް ފުޓްސަލް ޓޯންމެންޓް’ ގެ ފައިނަލް މާދަމާރޭ އޮއްނާނެއެވެ.
މިމުބާރާތުގެ ފައިނަލްގައި ވާދަކުރަނީ ހުޅުމީދޫ ޕޮލިސް އާއި ކޮމްބައިން ފުޓްބޯޅަ ކުލަބެވެ.
ލީގް އުސޫލުން ކުޅުނު މި މުބާރާތުން ގްރޫޕްގެ އެއްވަނައަށް ދިޔައީ ކޮމްބައިން ޓީމެވެ. ސެމީ އަށް ދިޔަ ދެޓީމަކީ ހުޅުމީދޫ ޕޮލިސް އާއި ގަން ޕޮލިސްޓީމެވެ. ރޭ ކުޅުނު ސެމީގައި މި ދެޓީމު ވާދަކޮށް ފައިނަލުން ޖާގަހޯދީ ހުޅުމީދޫ ޕޮލިސް ޓީމެވެ.
މިމުބާރާތުގައި ޖުމްލަ 5 ޓީމަކުން ވާދަކޮށްފައި ވެއެވެ. މުބާރާތުގެ ފައިނަލްމެޗު އަދި ކޮލޯޒިންގ އޮންނާނީ ސ.މީދޫ ޓާރފް ދަނޑުގައި މާދަމާރޭ 21:00ގައެވެ.