English Edition
Dhivehi Edition

އެމެރިކާއިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު އެލައިނާ ބީ ޓިޕްލިޒް މަގާމުގެ ހުވާކުރައްވައިފި އެވެ

މިދިޔަ މޭމަހުގެ އެމެރިކާއިން ރާއްޖެއަށާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް އެލައިނާ ނޮމިނޭޓް ކޮށްފައިވާއިރު އެމަގާމަށް އޭނާ ހަމަޖައްސަން އެމެރިކާގެ ސެނެޓުން ރުހުން ދިނީ މިދިޔަ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ

މީގެ ކުރިން އެމެރިކާއިން ނޭޕާލަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމުގައި އެލައިނާ ހުންނަވިއިރު، އޭނާ ކުރިން ވަނީ އަފްޣާނިސްތާނާއި ޕާކިސްތާނާއި ބަންގްލަދޭޝްގެ އިތުރުން އޭޝިއާގެ ބައެއް އެހެން ގައުުމުތަކުގައި ވެސް މަސައްކަތްކުރައްވާފައެވެ

ޓެގު