ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަށް ރާއްޖެއިން ބޭރަށް ފުރާ ވަޑައިނުގަނެވޭނެ ގޮތަށް ހައްދައިދިނުމަށް އެދި އިދިކޮޅު ކޯލިޝަނުން ފުލުހަށް ހުށަހަޅައިފިއެވެ
އިދިކޮޅު ކޯލިޝަނުން މި މައްސަލަ ފުލުހަށް ހުށަހަޅާފައިވަނައި ރައީސް ޔާމީން ފިއްލަވަން އުޅޭކަމަށް ތުހުމަތުކޮށެވެ. މި ގޮތުން ރޭ އެމްޑީޕީ ޗެއާޕާސަން، ހަސަން ލަތީފު ވިދާޅުވީ ރައީސް ޔާމިނަށް ފިލައިގެން ނުދޭވޭނެ ކަމަށެވެ. އަދި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމެއްގައި އެ ފުރުސަތު ރައީސް ޔާމީންއަށް ނުދެއްވާނެ ކަމަށް ހަސަން ލަތީފުވަނީ ވިދާޅުވެފައެވެ.
އިދިކޮޅު ފަރާތްތަކުން ރައީސް ޔާމީން ފިއްލަވަން އުޅުއްވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން ޕީޕީއެމް ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީން އަބަދުވެސް މަސައްކަތް ކުރައްވާނީ އުސޫލުތަކުގެ ތެރެއިން ގައުމާއި ރައްޔިތުންގެ ހައްގުގައި ކަމަށާއި ރައިސް އިސްކުރައްވަނީ ދީނާ ގައުމިއްޔަތުކަމަށެވެ. އަދި ރައީސް ޔާމީނަކީ ދިވެހި ތާރީހު ދުށް އެންމެ ހިދުމަތްތެރި ރައީސްކަމަށާއި، ރާއްޖެ ދެމިއޮތްހާ ހިނދަކު އެމަނިކުފާނުގެ ހިދުމަތްތަކަށް ފަނޑުކަމެއް ނާންނާނެކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ