ކުރަތްޕެއް ބޮލުގައި އޮތްކަމަށްބުނެ ލިފްޓްތެރޭން އުމުރުން 34 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް އިންޑިއާގެ ފުލުހުން ބަލަންފަށައިފިއެވެ.
މިހާދިސާހިނގާފައިވަނީ އިންޑިއާގެ ޕޫނާއީގެ އަވަށެއްކަމަށްވާ ކޮންދްވާގައި ހުރި މީހުން ދިރިއުޅޭ 12ބުރި އިމާރަތެއްގެ ލިފްޓްތެރޭގައެވެ.
މިހާދިސާގައި ޖިންސީ ފުރައްސާރައާ ކުރިމަތިވި އަންހެންމީހާ ބުނެފައިވަނީ އޭނަ ގްރައުންޑްފްލޯއިން އަށްވަނަބުރީގައި ހުރި އޭނަގެ އެޕާޓްމެންޓަށް ދިޔުމަށް ލިފްޓަށް އެރި އިރު ފޯނެއް އައިކަމަށެވެ. އަދި ފޯނުގައި ހުރެގެން ލިފްޓަށް އެރިއިރު ކުއްލިއަކަށް ލިފްޓްތެރެއިން ފިރިހެނަކު ފެނުނުކަމަށެވެ. އިރުކޮޅަކުން ފޯނު ބޭއްވިތަނުން ބޮލުގެ އިސްތަށިގަނޑުގައި ކުރައްޕެއް އެބައިން ކަމަށް ބުނެ އޭނަ ބިރުގެނެވިކަމަށާއި އެވަގުތު އެކުރަފިނަގަން ކަމަށް ހަދާފައި އޭނަގެ ގައިގައި އެމީހާ އަތްލި ކަމަށެވެ.
އޭގެ އަނެއްދުވަހު އަންހެންމީހާ ފުލުހުންނަށް މިމައްސަލަ ހުށަހަޅަމުން ބުނެފައިވަނީ އެވަގުތު ބިރުން ގެއަށްގޮސް ގައިގެ ހުރިހާތަނެއް ބެލިއިރަކު ކުރައްޕެއް ފެންނަން ނެތުމުން އޭނަ ގަސްތުގައި ޖިންސީގޯނާ ކުރުމަށް ހިންގިއަމަލެއްކަމަށް ޔަގީންވުމުން މި މައްސަލަ ބަލައިދިނުމަށް ފުލުހުންގެ ކިބައިން އެދުނީކަމަށެވެ.
މިހާދިސާ އާގުޅިގެން ފުލުހުން ބުނެފައިވަނީ، އެއިމާރާތުގައި މިފަދަ އެހެން ހަދިސާތައްވެސް ހިނގާފައިވާކަން މިހާރުއެނގިފައި ވާކަމަށާއި އެމައްސަލަތައް ވެސް ބަލައިދިނުމަށް އަންހެންމިހާ އެދިފައިވާކަމަށެވެ. ފުލުހުން ބުނީ އެފަދަ މައްސަލަތައް ބަަޔަކަށް އެސަރައްދުން ދިމާވެފައި ވީނަމަވެސް މިހާތަނަށް އެކަކުވެސް މައްސަލަ ފުލުހަށް ހުށަހަޅާފައި ނުވާކަމަށެވެ.