އިންތިހާބު ބާތިލުކޮށްދިނުމަށް އެދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ އިންތިޚާބުން ބަލިވުމުން ލިބުނު އުދާސްތަކެއްގެ ސަބަބުން ހުށަހަޅާފައި އޮތް މައްސަލައެއް ކަމަށާއި އޭގައި ފާހަގަކުރި އެއްވެސް ކަމެއްގައި ހަގީގަތެއް ނެތްކަމަށް އިދިކޮޅު ކޯލިޝަންގެ ވަކީލް ހިސާން ހުސައިން ވިދާޅުވެެއްޖެއެވެ
މި މައްސަލައިގެ ދެވަނަ އަޑުއެހުން މިއަދު މެންދުރު ބާއްވާފައިވާ އިރު،މިއަދު ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ ރައީސް ޔާމީން ހުށަހެއްޅުއްވި މައްސަލާގައި މަދުވަނީ އުދުހޭ މުސައްލައެއްގެ ވާހަކަ އެކަނި ކަމަށެވެ.މީގެ އިތުރުން ހިސާން ވިދާޅުވީ އެ މައްސަލައަކީ ބަލި ގަބޫލު ނުކުރުމަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށާއި މައްސަލާގައި ފާހަގަކުރި އެއްވެސް ކަމަކީ އިންތިޚާބު ބާތިލްކުރަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ
މިއަދު ހެނދުނާއި މެންދުރު ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ދެ ފަރާތުން ގިނަ ބަހުސްތަކެއްވަނީ ކޮށްފައެެވެ. އަދި މިއަދުގެ އަޑުއެހުން ނިންމާލީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި ސިއްރު ހެކިވެރިންނާ ގުޅޭ ގޮތުން މާދަމާ ގޮތެއް ނިންމުމާ އެކު އެ މައްސަލާގެ ފަހު އަޑުއެހުން ވެސް މާދަމާ ބާއްވާނެ ކަން އިއުލާން ކުރެއްވުމަށް ފަހުގަ އެވެ