English Edition
Dhivehi Edition

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އޮޅުވާލުންތަކެއް ހުރި ކަމަށްބުނެ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް ނިންމުމަށް އިތުރު އަޑުއެހުމެއް މާދަމާ ހެނދުނު 10:30ގައި ބޭއްވުމަށް ސްޕްރީމް ކޯޓުން ނިންމައިފިއެވެ.

މިއަދުގެ އަޑުއެހުން ފަނޑިޔާރުންގެ މަޖިލީހުން ނިންމާލީ މައްސަަލަ ހުށަހެޅި ފަރާތުން ހުށަހަޅާފައިވާ ސިއްރު ހެކި ޝަރީއަތަށް ބަލައިގަތުމާ މެދު މާދަމާގެ އަޑުއެހުމުގައި ގޮތެއް ނިންމާނެ ކަމަށް އިއުލާންކުރުމަށްފަހު އެވެ.

އަދި މާދަމާއަކީ މިމައްސަލައިގެ އެންމެ ފަހުގެ އަޑުއެހުން އޮންނާނެ ދުވަސްކަން ކަމަށްވެސް ފަނޑިޔާރުންގެ ބެންޗުން ވަނީ އިއުލާންކޮށްފަ އެވެ.