ރިޔާސީ އިންތިހާބުގައި ވޯޓު އޮޅުވާލާފައިވާ ކަމަށް ބުނެ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ސުޕްރީމްކޯޓަށްހުށަހެޅި މައްސަލައިގެމާދަމާގެ ޝަރީއަތުގެ އަޑުއެހުމަށް ވަންނަން ބޭނުންވާ މީހުން ނަން ނޯޓު ކުރުން ފަށާނެ ގަޑި ޖުޑީޝަލް ޑިޕާޓްމަންޓުން އާންމުކޮށްފިއެވެ
އެ ޑިޕާޓްމެންޓުން ކޮށްފައިވާ ޓުވިޓެއްގައި ބުނެފައިވަނީ މަދަމާ ބާއްވާ ޝަރީއަތުގެ އަޑުއެހުންތައް އޮންނާނީ ހެނދުނު 8:30 އިން 9:45 އަށް ކަމަށެވެ. މާދަމާގެ ޝަރީއަތުގެ އަޑުއެހުން ފަށާނީ ހެނދުނު 10:30 ގައެވެ
ރައީސް ޔާމީން ހުށަހެޅުއްވި މައްސަލައިގެ ޝަރީއަތް މިއަދު މެންދުރު 1:00 ގައި ފެށިއިރު މިއަދުގެ ޝަރީއަތުގެ އަޑުއެހުމަށް ވަނުމަށްޓަކައި ހެނދުނު 8 ޖެހި އިރު ވަނީ ކިއު ހަދާފައެވެ.
މިއަދުގެ ޝަރީއަތުގެ އަޑުއެހުމަށް ވަންނަން ދިޔަ ގިނަ މީހުންނަށް ކޯޓަށް ވަނުމުގެ ފުރުސަތު ލިބިފައިވާ ނުވާއިރު އެމީހުންވަނީ ކޯޓުގެ ހުޅަނގު ކަންމަތިން ކުރިމަތީގައި ހުންނަ ޔުނިވާސަލްގެ އިމާރާތުގެ ގޯޅިގަނޑުގެ ތެރޭގައި އެއްވެފައެވެ. މިއަދުގެ އެއްވުން ރޫޅާލުމަށް ފުލުހުން ޕެޕާރ ސްޕްރޭ ޖަހާފައިވާއިރު، ފުލުހުންގެ ބެލުމުގެ ދަށަށް އެކަކުވަނީ ގެންގޮސްފައެވެ .