English Edition
Dhivehi Edition

ހޮރައިޒަން އެކަޑަމީގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ “ހޮރައިޒަން އެކަޑަމީ ދެވަނަ ޓީޗަރ ބެޑްމިންޓަން މުބާރާތް”ރޭ ފަށައިފި އެވ.

އައްޑޫ ސިޓީ ގުޅިފައިވާ ރަތްތަކުގެ ސްކޫލްތަކަށް ހާއްސަކޮށްގެން ހިތަދޫ ހޮރައިޒަން އެކަޑަމީ އިންޑޯ ކޯޓުގައި ކުރިއަށްދާ މި މުބާރާތާތުގައި ސްކޫލްލެއްގައި މަސައްކަތް ކުރާ ކޮންމެ މުވައްޒަފަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މުބާރާތާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ހޮރައިަން އެކަޑަމީގެ ރައީސާ، އައިޝަތު ޒަބީނާ ބުނީ މިމުބާރާތަކީ އެ ޖަމިއްޔާއިން އައްޑޫ ސްކޫލް ތަކުގެ މުވައްޒަފުންގެ މެދުގައި އެއްބައިވަންތަކަން އާލާކުރުމަށާއި ސްކޫލްތަކުގެ މުވައްޒަފުން ބެޑްމިންޓަނަށް ލޯބި އިތުރު ކުރުމުގެ ގޮތުން ބާއްވަމުން ގެންދާ މުބާރާތެއް ކަމަށެވެ.

ހޮރައިޒަންއިން އިންތިޒާމްކޮށްގެން ބާއްވާ ދެވަނަ ޓިޗަރުންގެ މުބާރާތަށް މިއަހަރު ބޮޑު ތާއީދެއް ލިބިފައިވާއިރު މިމުބާރާތުގައި މިއަހަރު ޖުމުލަ 21 ކުޅުންތެރިޔަކު ވަނީ ބައިވެރިވެފައެވެ. މިމުބާރާތުގެ ގުރޫޕް ސްޓޭޖްގެ މެޗުތަށް މިރެޔާއި މާދަމާ ވެސް ކުޅޭ ގޮތަށް ވަނީ ހަމަޖެހިފައި ވާއިރު މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14 ވާ އަންގާރަ ދުވަހުގައެވެ.

ހޮރައިޒަން އެކަޑަމީއިން ވަނީ މިދިޔަ މަހު އޮފީސްތަކުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން އެ ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ބާއްވާ “އޮފީސް ބެޑްމިންޓަން މުބާރާތް” ވެސް ކާމިޔާބު ކަމާއި އެކު ނިންމާލާފައެވެ.