English Edition
Dhivehi Edition

ވަރަށް ގިނަ ބެލެނިވެރިން އެމީހުންގެ ދަރީން ނޭފަތުން މަޑު ނަގާތީ އެކަން ހުއްޓުވާފަ ހުރެދާނެއެވެ.ގިނަ ބެލެނިވެރިން ދެކެނީ މިއީ ހަޑި ކަމެއްގެ ގޮތުގައެވެ.އަދި ބައެއް ބެލެނިވެރިން މިކަން ހުއްޓުވަނީ މިކަން ނަޖިސް ކަމެއްކަމުގައި ދެކިގެންނެވެ.މިކަން އާދައަކަށް ވެދާވެ ގިނަ މީހުން އުޅޭ މަޖިލީހެއްގައިވެސް މިކަން ނޭގުމުގެ ތެރެއިން ކުރެވިދާނެތީއެވެ.ހަގީގަތަށް ބުނަންޔާ މިކަމަކީ ވަރަށް ނުރައްކާތެރިވެސް ކަމެކެވެ. މިކަމުގެ ނުރައްކާތެރިކަން ހުރިވަރު މިވަނީ އާ ދިރާސާ އަކުން ހޯދާފައެވެ.

ޔޫރަޕިއަން ރެސްޕިރޭޓަރީ ޖާނަލްގައި ޝާއިރުކުރި ދިރާސާއަކަށް ބަލާއިރު ނޭފަތުން މަޑު ނެގުމުން އަތާއި ނޭފަތާ ޖެހުމުގެ ސަބަބުން އަތުގައި ހުންނަ ޖަރާސީމު ނޭފަތުގެ އެތެރެއަަށް ދެއެވެ.އަދި ނުރައްކާތެރި ބައްޔެއް ކަމަށްވާ ނިޔުމޯނިޔާ ޖެހުމުގެ ފުރުސަތު މިކަމުގެ ސަބަބުން ބޮޑުވެއެވެ.ދިރާސާއިން ދައްކާގޮތުގައި ނޭފަތުގެ އެތެރެ ހިކިފައި ހުއްޓަސް ނުވަތަ ތެއްކޮށް ހުއްޓަސް ޖަރާސީމު ނޭފަތުގައި ހަރުލައެވެ.އަދި ނޭފަތުން މަޑު ނެގިޔަސް ނޫނީ ނޭފަތަށް އަތް ކޮއްޕިއަސް ޖަރާސީމު ނޭފަތުގައި ހަރުލާކަމަށް ވެއެވެ.

ޑޮކްޓަރުން ވަނީ މިކަމާ ގުޅިގެން ވަރަށް ގިނަ އިރުޝާދުތަކެއް ބެލެނިވެރިންނާއި ކުޑަ ކުދިން ބަލަހައްޓާ މީހުންނަށް ދީފައެވެ.އެގޮތުން ކުޑަކުދިން ގެންގުޅޭ އެއްޗިއްސާއި އެކުދީން އުޅޭ ތަންތަން އަބަދުވެސް ސާފުތާހިރުކޮށް ބެހެއްޓުމަށް ވަނީ އިރުޝާދު ދީފައެވެ.އަދި އެކުދިންނަށް ރަނގަޅު ކާނާދީ އެކުދީންގެ ދިފާއި ނިޒާމު ވަރުގަދަ ކުރުވަން ޖެހޭކަމަށްވެސް ޑޮކްޓަރުން ވަނީ އިރުޝާދު ދީފައެވެ.އެކުދިން ގެންގުޅޭ ފަރާއްތައްވެސް ސާފުތާހިރުކޮށް އުޅުމަށް ވަނީ އަންގާފައެވެ.އަދި އަތް ދޮވެ ސާފުކުރުމަށް ކުޑަކުދީންނާއި އެއްކޮށް އުޅޭއިރު އިތުރަށް ސަމާލުވުމަށް ވަނީ އަންގާފައެވެ