English Edition
Dhivehi Edition

ޗެނަލް 13 އަށް ފިޔަވަޅު އަޅައި ދިނުމަށް އެދި އިލެކްޝަން ކޮމިޝަނުން، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް މައްސަލައެއް ހުށަހަޅައިފި އެވެ

އީސީ އިން މައްސަަލަ ހުށަހަޅާފައިވަނީ އީސީގެ ފަސް މެމްބަރުންނަކީ ފިއްލަވައިގެން އުޅުއްވާ ބޭފުޅުންތަކެއް ކަމަށް ދޭހަވާ ގޮތަށް، އެ ބޭފުޅުންގެ ފޮޓޯތައް، ޗެނަލް 13 އިން ދައްކަމުން ދާތީއެވެ.އީސީގެ ރައީސް ޝަރީފް ވިދާޅުވީ ޗެނަލް 13 ގެ ސްކްރީންގެ ކަނަކަށް ކޮމިޝަންގެ މެމްބަރުންގެ ފޮޓޯ އަރުވައި، ‘ފިލާފައިވާ ކަމަށް ތުހުމަތު ކުރެވޭ މެމްބަރުން’ އެގޮތަށް ލިޔެފައިވާ ކަމަށެވެ. އަދި ޝަރީފްވަނީ ޗެނަލް13 ގެ މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ

މި މައްސަލައިގެ އިތުރުން އެހެން ހަތަރު މައްސަލައެއްވެސް ވަނީ ޗެނަލް13 އާއި ދެކޮޅަށް ބްރޯޑްކޮމް އަށް ހުށަހަޅާފައެވެ. އިލެކްޝަންސް ކޮމިޝަނުން ހުށަހެޅި މައްސަލަތަކާ ގުޅޭ ގޮތުން، ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ވިދާޅުވީ، އެ މައްސަލަތައް ބެލުން އުސޫލުގެ ތެރެއިން ކުރިއަށް ގެންދާނެ ކަމަށެވެ