ރިޔާސީ އިންތިޚާބާ ގުޅޭ މައްސަލައެއް ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް މިއަދު ވައްދައިފި އެވެ
ރައީސް ޔާމީންގެ ވަކީލް އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އެމަނިކުފާނުގެ ފަރާތްޕުޅުން ކަނޑައަޅާފައިވާ މެމްބަރު މުހައްމަދު ސަލީމް (ރޭނިސް ސަލީމް) ވިދާޅުވީންތިޚާބާ ގުޅޭ ގޮތުން ވަރަށް ގިނަ ޝަކުވާތަކެއް ޕީޕީއެމުގެ ސަޕޯޓަރުން ހުށަހަޅާފައިވާ ކަމަށާއި އިންތިޚާބާ ގުޅޭ މައްސަލަ ކޯޓަށް ވައްދަން ރައީސް ޔާމީން ނިންމެވީ އެ މައްސަލަތަކަށް ބައްލަވާފައި ކަމަށެވެ
އިންތިހާބާއި ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓަށް ވައްދާފައިވާއިރު ރިޔާސީ އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ޕީޕީއެމުން ކުރާ ތުހުމަތުތަކާ ގުޅިގެން، އިންތިޚާބުގެ ހުރިހާ ކަމެއް އަލުން ބަލާފައިވާ ކަމަށާއި އެކަމަކު އިންތިޚާބު ބާތިލްކުރެވޭނެ ވަރުގެ މައްސަލައެއް ފެނިފައިނުވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހްމަދު ޝަރީފްވަނީ އިއްޔެ ވިދާޅުވެފައެވެ