English Edition
Dhivehi Edition

އިލެކްޝަން ކޮމިޝަންގެ އަގުވައްޓާލުމަށްޓަކައި މިހާރު ކުރިއަށްގެންދާ ކަންތައްތަކަކީ އެއްވެސް ހާލެއްގައި ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި . ދޮގު ތުހުމަތުތަކާއި، ހަގީގަތާއި ހިލާފު ތުހުމަތުތައްކޮށްފައިވާތީވެ، އެކަމުގެ ބަދަލު ހޯދައިދިނުމަށް މައްސަލަ ހުށަހަޅާނެ ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ބަދަލު ހޯދައިދިނުމަށް އެދި އަމިއްލަ ހައިސިއްޔަތަކުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅަން ނިންމާފައިވާކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ސަންގު ޓީވީގެ ނިއުސް ރޫމް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ .

ފުލުހަށާއި، ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހެޅި މައްސަލައާއި ގުޅޭގޮތުން ޓީވީގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ރައީސް އޮފީހުގެ ތަރުޖަމާން މުއާޒްއާ ގުޅޭގޮތުން މައްސަލައެއް ފުލުހަށް ހުށަހަޅާފައިވާ ކަމަށާއި އޭނާ ދައްކާފައި ހުރި ވާހަކަތައް ހިމެނޭ ސީޑީއަކާއެކު މައްސަލަ ހުށަހަޅާފައިވާނެ ކަމަށެވެ.

ޝަރީފް ވިދާޅުވީ މެމްބަރުންނާ ބެހޭ ގޮތުން ދައްކާ ވާހަކައިގައި ހަގީގަތެއް ނެތް ކަމަށާއި އެކަމަށް ޖަވާބުދާރީ ކުރުވާނީ ކަމާ ބެހޭ މުއަައްސަސާތައް މެދުވެރިކޮށް ކަމަށެވެ.