ބޮލީވުޑްގެ މަޝްހޫރު އެކްޓަރ ސަލްމާން ހާން އެއްވެސް އަންހެނެއްގައިގައި ޖަހައިފިއްޔާ އެމީހަކު ސަލާމަތުން ނުހުންނާނެކަމަށް ބުނެފައިވާ ވީޑި އޯއެއްލީކް ވެއްޖެއެވެ .
2017 ވަނައަހަރު “އެންޑީޓީވީ” ގެ ނޫސްވެރިއަކު ސަލްމާނާ ކުރި އިންޓަވިއު އެއްގައި އައިޝްވާރިޔާ ރާއި ނޫނީ އެހެން އިތުރު އެއްވެސް އަންހެނެއްގައިގައި ޖަހާފައިވާނެތޯ ވަނީ ސުވާލުކޮށްފައެވެ. ޖަވާބުގައި ސަލްމާން ބުނަނީ މީގެކުރިންވެސް ނޫސްވެރިއަކު ތިޔަސުވާލު ކޮށްފައި ވާކަމަށާއި އެވަގުތު ތިމަންނަ މޭޒުމަތީގައި ޖެހުމުން އެމޭޒް ވަނީ ބިންދައިގެން ގޮސްފައި ކަމަށާއި ހަމަ އެފަދައިން ތިމަންނަ އަންހެނެއްގައިގައި ޖަހައިފިއްޔާ އެމީހަކަށްވެސް ވާނީ މިެހންކަމަށް ސަލްމާން ބުނެފައިވެއެވެ. “އަހަރެން މީހެއްގައިގަ ޖަހާނީ ވަރަށް ރުޅިއައިމަ، އަދި އަންހެނެއްގައިގައި ޖަހަންޏާ ޖަހާނީ ބާރަށް، އެހެންވީމާ އެމީހަކު ދެން ސަލާމަތެއް ނުވާނެ” ސަލްމާން ވީޑިއޯގައި ބުނެފައި ވެއެވެ.
ސަލްމާން މިހެން ބުނެފައިވާއިރު 2002 ވަނަ އަހަރު އައިޝްވާރިއާ އާއި އެކު އޮތްލޯބީގެ ގުޅުން ނިމިފައިވާއިރު އައިޝްވަރިއާ ބުނެފައިވަނީ އޭނަ ސަލްމާން އާ ރުޅިވާން ޖެހުނީ ރުޅިގަދަކަމުންނާއި ރުޅިއައި ކޮންމެފަހަރަކު އޭނަގައިގައި ތަޅާއަނިޔާ ކުރާތީ އަދި އެހެން ފިލްމީ ތަރިންނާ އޭނައާ އަޅުވާކިޔާތީ ކަމަށެވެ. ނަމަވެސް ސަލްމާން އޭރު ބުނެފައިވަނީ އައިޝްވާރިއާ ގައިގައި ދުވަހަކުވެސް ޖަހާފައި ނުވާނެކަމަށެވެ. އަދި އައިޝްވާރިއާ ދެމެދު ޒުވާބެއް ހިނގިނަމަވެސް އޭނަ އަނިޔާދީފައި ވާނީ އޭނަގެ އަމިއްލަ ހަށިގަނޑަށް ކަމަށެވެ. ސަލްމާން ބުނެފައިވަނީ އޭނަގެ އަމިއްލަ ބޯފާރުގައި ތެޅުމާއި އެކަހަލަ އަނިޔާ އޭނަ އަމިއްލައަށް އަމިއްލަ ހަށިގަނޑަށް އޭރު ދިންކަމަށެވެ.
ސަލްމާންހާން ގެ މިވީޑިއީ ލީކްކޮށްފައި ވަނީ ޖިންސީގޯނާ ކުރުމާއި ދެކޮޅަށް ހަދާފައިވާ ހޭޝްޓެގް “#MeToo” ބޭނުންކޮށް ވަރަށްގިނަ ފިލްމީތަރިން އެމީހުންގެ ހަޔާތުގައި ދިމާވެފައިވާ ރޭޮޕްގެ މައްސަލަތަކުގެ ވާހަކަ ދައްކަމުންދާ ދަނޑިވަޅެއްގައެވެ.
އެހެންކަމުން ފާޅުގައި ޖިންސީ ގޯނާ އާއި ދެކޮޅަށް ބޮލީވުޑް ތެދުވެފައި މިވަނީ މީގެ 10 އަހަރު ކުރިން އެކްޓަރ ނާނާ ޕަޓޭކަރ ކުރީގެ މިސްއިންޑިއާ އަދި ބޮލީވުޑްގެ ތަރި ތަނުޝްރީ އަށް ޖިންސީގޯނާ ކޮށްފައިވާ ވާހަކަ ފެންމަތިވެފައިވަނިކޮށެވެ. ތަނުޝްރީގެ ވާހަކައަށްފަހު އެކްޓަރ އަލޮކް ނަތް ވެސް ޕްރޮޮޑިއުސަރ އެއްކަމަށްވާ ވިންޓަރ ނަންދާ މީގެ 19 އަހަރު ކުރިން ރޭޕްކޮށްފައި ވާކަމަށް ވިންޓަރ ވަނީ ބުނެފައެވެ. އަދި ހިންދީބިރުވެރި ފިލްމް “ސްޓްރީ” ގެ ޖިންނިގެ ބައި ކުޅެފައިވާ ތަރި ފްލޯރާ ވެސް ވަނީ އޭނަރައްޓެހިވެގެން އުޅުނު ޕްރޮޑިއުސަރ އޭނަގައިގައި ތަޅާ އަނިޔާކޮށް ފައި ވާކަމަށް ބުނެފައެވެ.
ހުރިހާ ތަރިންގެ އަނގަ ބަންދު ވެފައި ތިބުމަށްފަހު ބޮލީވުޑްގެ އަނދިރި ފަރާތުގެ ވާހަކަ ކުރިން ނުދައްކާ ވަރަށް މިހާރު މި ވަނީ ތިލަ ވާން ފަށާފަ އެވެ.