English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިނުވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

ލަތީފު އަކީ، އަމިއްލަ ގޮތުން ރައްޔިތުން މަޖިލީހަށް އިންތިހާބުވި މެންބަރެކެވެ. އެހެން ނަމަވެސް އޭނާ ޕީޕީއެމާ ފަހުން ގުޅިވަޑައިގަތެވެ. އަދި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރުމުން އޭނާ ޕީޕީއެމްއިން ވަކިކޮށް މެންބަރުކަން ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި އެވެ.

ސުޕްރީމް ކޯޓުން މިއަދު ކުރި ޙުކުމުގައި ވަނީ 18 ޖުލައި 2018 ގައި ލަތީފްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލް ކަމަށެވެ.