އޭޑީކޭ އިން އައްޑޫސިޓީ ހިތަދޫގައި ޚާއްސަ މެޑިކަލް ކޭމްޕެއް ބާއްވަން ނިންމައިފިއެވެ.
ހިލޭ ކުރިއަށް ގެންދަން ހަމަޖެހިފައިވާ މިކޭމްޕް ބާއްވަނީ ހިތާއި ފުއްޕާމޭގެ ބަލިތައް ހުންނަމީހުންނަށް ޚާއްސަކޮށްގެންނެވެ.
މިކޭމްޕް ބޭއްވުމަށްހަމަޖެހިފައިވަނީ މިމަހު 13 އަދި 14 ގައި ހިތަދޫރީޖަނަލް ހޮސްޕިޓަލްގައެވެ. އޭޑީކޭ ހޮސްޕިޓަލުން މައުލޫމާތު ދޭގޮތުގައި މިކޭމްޕްގައި ފަރުވާ ދިނުމަށް މަސައްކަތް ކުރާނީ އޭޑީކޭއިންދާ ޚާއްސަ ޓީމަކުން ނެވެ. އަދި މިޓީމުގައި ހިތުގެ ބަލިތަކާއި ބެހޭ ޚާއްސަ ޑޮކްޓަރަކާއި، ފުއްޕާމޭގެ އޮޕަރޭޝަން ތަކަށް ޚާއްސަ ޑޮކްޓަރެއް ހިމެނޭ ކަމަށާއި މެޑިކަލް އޮފިސަރެއްގެ މިކޭމްޕުގައި ބައިވެރިވާކަމަށް އޭޑީކޭއިން ބުނެއެވެ.
މިހާރު މިކޭމްޕުގައި ބައިވެރިވުމަށް ނަންނޯޓު ކުރަން ވަނީ މިއަދުންފެށިގެން ހުޅުވާލާފައެވެ. އަދި ކޮންމެދުވަހަކުވެސް ވަކިވަރަކަށް ނަންނޯޓްކުރުން ކުރިއަށް ދާނެއެވެ.
ދޭތެރެ ދޭތެރެއިން އަތޮޅުތެރޭގެ ހޮސްޕިޓަލުތަކާއި ގުޅިގެން މިފަދަ ކޭމްޕްތައް ކުރިއަށް ގެންދާ ކަމަށް އޭޑީކޭއިން ބުނެއެވެ. މިކަމަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބޭއިރު މުޅިން އަލަށް އޭޑީކޭއިން ހިތަދޫގައި ދެދުވަހަށް ކުރިއަށް ގެންދާ މިކޭމްޕަށް ވެސް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށް އޭޑީކޭއިން ބުނެއެވެ.