English Edition
Dhivehi Edition

ކ.ހުދުރަންފުށި ރިސޯޓުގެ ތިން ވޯޓަރ ވިލާއެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްްލުންތަކެއް ވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ރޯވި ތިން ވޯޓާ ވިލާއަށްވެސް ވަރަށް ބޮޑަށް ގެއްލުންވެފައި ކަމަށާއި، ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.

އުދުންރަންފުށީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ ރޭ 2:00 ހާއިރު ގައެވެ. މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ވަނީ އެ ރިސޯޓަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން ރިސޯޓުގެ މުވައްޒަފުންނާއި އެމްއެންޑީއެފްގެ ޓީމުން ކުރި މަސައްކަތުން ރޭ 4:30 ގައި ވަނީ ވޯޓާ ވިލާތަކުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މި ހާދިސާގައި ތިން ވޯޓާ ވިލާގެ އިތުރުން، އިތުރު ކޮޓަރިއަކަށްވެސް ގެއްލުންތަކެއްވެފައިވާ ކަމަށެވެ.

އަދި މި ހާދިސާ މޯލްޑިވްސް ޕޮލިސް ސާވިސްއިން ތަހުގީގު ކުރަމުން އަންނަކަމަށްވެސް ވިދާޅުވިއެވެ.