English Edition
Dhivehi Edition
ޒާހިރާ އާއި އޭނާގެ ސެލޫންގައި މަސައްކަތް ކުރާ އިންޑޮނޭޝިއާ މީހާ. ކާށީގެ ތެރޭން ޚަތިމް ފެނުންީ ފިރިހެންމީހާއަށް

ސ.ފޭދޫ ގުއްލަލާގޭގައި އެގޭ މީހަކާ ކައިވެނިކޮށްގެން ދިރިއުޅެމުން އަންނަ ފިލިޕީންސްގެ އަންހެނެއް ކަމުގައިވާ ޒާހިރާ ޒުބައިރު އަށް މިއަދު މިއީ އާދައިގެ ދުވަހެއް ނޫނެވެ. އާދައިގެ މަތިން ފޮނިކާއެއްޗެއް ތައްޔާރުކޮށްލުމަށް މިއަދު އޭނާ ކުރަމުން ގެންދިޔަ މަސައްކަތް ހުއްޓި ހައިރާން ވެފައި ހުންނަން ޖެހުނީ ފެނުނު އާދަޔާ ޚިލާފު މަންޒަރަކުންނެވެ. ދިމާވި އާދަޔާ ޚިލާފު ހާދިސާއަކުންނެވެ.

ކާށީގެ ތެރެއިން ފެނުނު ޚަތިމް ދައްކާލަނީ

ފޭދޫގައި އާދައިގެ ބިއުޓީ ސެލޫން އެއް ހިންގަމުން އަންނަ ޒާހިރާ އާއި އޭނާގެ ސެލޫންގައި ބޯކޮށުމުގެ މަސައްކަތް ކުރާ “ބޮންޑި” ނަމަކަށް ކިޔާ އިންޑޮނޭޝިއާގެ ފިރިހެން މީހާ އާއި ދެމީހުން އުޅުނީ ފޮނި ކާއެއްޗެއް ތައްޔާރުކުރުމުގައެވެ. މަރަދޫފޭދޫގައި ހުންނަ ގާޑިޔަލަކުން ޒާހިރާގޮސް 5 ކާށި ގަތީ އެއްވެސް އާދަޔާޚިލާފު ކަމަކާ ކުރިމަތި ވެދާނެ ކަމަކަށް ނޫނެވެ.

ގެއަށް ގެނައި ކާށި ބިންނަމުން ދިޔައީ އިންޑޮނޭޝިއާ ފިރިހެންމީހާއެވެ. ޒާހިރާ ހުރީ އެހެން މަސައްކަތެއްގައެވެ. 4 ކާށި ބިނދެގެން މަސައްކަތް ކުރިއަށް ގެންދަނިކޮށް އިތުރަށް ކާށި ބޭނުންވާނެ ކަމަށް ފިރިހެންމީހާ ބުންޏެވެ. އަދި ބާކީ އޮތް 5 ވަނަ ކާށި ބިނދެލިއެވެ. އެއާއެކު އޭނާ އަޑުގެ ކޮޅަށް ހަޅޭލަވައިގަތެވެ. ކާށީގެ ތެރޭގައި ހުރި މަދު ފެންފޮދުގެ ތެރޭގައި އޮތީ ރަތްކުލައިގެ ބޭރު ކަވަރެއް ލާފައި އޮތް 2 އިންޗިއެއްހައި ވަރުގެ ކުޑަކުޑަ ޚަތިމެކެވެ. އޭނާގެ ހަޅޭކުގެ އަޑަށް ޒާހިރާ އެ ކާށި އަތުލިއެވެ. އެއަށް ފަހު ކުރަން ތިބި މަސައްކަތް ހުއްޓާލާފައި އަވަހަށް އެމީހުން ދިޔައީ އިސްލާމިކް މިނިސްޓްރީގެ ފޭދޫގައި ހުންނަ އޮފީހަށެވެ. ފެނުނު އާދަޔާ ޚިލާފު ޚަތިމް ހިފައިގެންނެވެ.

“އަހަރެމެން 3 މީހުން ތިއްބާ ވީކަމެއް އެއީ .އެމަންޒަރު ފެނުމުން އަހަރެން ވަރަށް ހައިރާންވި. ވަގުތުން ފޮޓޯވެސް ނެގިން” މިއަދު މެންދުރު ހިނގި މި އާދަޔާ ޚިލާފު ހާދިސާ، އޭއޯނިއުސް އަށް ޒާހިރާ ކިޔައިދިނެވެ

ޒާހިރާ އޭނާގެ ފޭސްބުކް ގައިވެސް ލިޔެފައިވަނީ މިއަދު އޭނާއަށް “މިރަކަލް” އެއް ފެނިއްޖެ ކަމަށެވެ.

.އައްޑޫސިޓީގައި މީހަކާ ކައިވެނިކޮށްގެން އައްޑޫގައި ދިރިއުޅޭތާ 22 އަހަރުވީ ޒާހިރާ އާއި ދިމާވި މި ހާދިސާ ގިނަ ބަޔަކު ގަބޫލު ކުރިނަމަވެސް ބައެއް މީހުން އެވާހަކަ ގަބޫލެއް ނުކުރެއެވެ. އެހެންކަމުން އޭއޯނިއުސްގެ ފަރާތުން މި ކަމާގުޅޭ ބަހެއް ހޯދާލުމަށް ނޫރުލް އިސްލާމްގެ ރައީސް ޝައިޚް އަނީލް އަށް ވެސް ގުޅީމެވެ. އަދި އެފަދަ ކަމެއް ހިނގައިފާނެތޯ އޭގެ ހަގީގަތަކީ ކޮބައިތޯ ސުވާލު ކުރީމެވެ. އަނީލް ވިދާޅުވީ އެކަމާ ގުޅޭގޮތުން އަދި އެއްޗެއް ބުނަން ދަތި ކަމަށާއި ވީ ގޮތެއް ރަނގަޅަށް ބެލުމަށް ފަހު މައުލޫމާތު ދެއްވަވާނެ ކަމަށެވެ.

 

 

 

 

1 ކޮމެންޓް
ޙޫޑޭޞޡޏާ
އޮކްޓޯބަރު 7, 2018
ފޭކް މި ލިބޭނެ ޢީބޭ އިން