English Edition
Dhivehi Edition
ހިތަދޫ ޕޮލިސް ސްޓޭޝަން -- ފޮޓޯ: ޕީއެސްއެމް ނިއުސް

ރޭ އައްޑޫސިޓީ މަރަދޫގައި ހިނގި މާރާމާރީ އާގުޅިގެން ކުޑަކުއްޖަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މާރާމާރީގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 17 އަހަރުގެ ކުޑަ ފިރިހެން ކުއްޖެކެވެ. އަދި މިކުއްޖާ ހައްޔަރު ކޮށްފައިވަނީ ފިލައިގެން ހުޅުމީދޫ އަށް ދިޔަތަނުން ކޯޓުއަމުރެއްގެ ދަށުން ހުޅުމީދޫއިންނެވެ.

އައްޑޫސިޓީ މަރަދޫގައި ރޭ 23:00 ހާއިރު ދެގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީ ގައި ދެ ޒުވާނަކަށް ވަނީ އަނިޔާލިބިފައެވެ. އެތަނުން އެކަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވިނަމަވެސް އެކެއްގެ ހާލު ސީރިއަސްއެވެ.

ރޭހިނގި މާރާމާރީގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ މަރަދޫ، ބޯޅަދަނޑިގެ، މުހައްމަދު އީވާން (22އ)އެވެ. އީވާންގެ ބުރަކަށީގެ ހަތް ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ އިރު ކަރަށްވެސް ޒަހަމްތަކެއް ވަނީދީފައެވެ.

އީވާންގެ ފުއްޕާމެއަށް ލިބިފައިވާ އިނިޔާއަށް އިތުރު ފަރުވާއަށް މިއަދު ހަވީރު އާސަންދައިގެ އެހީގައި ފުރުވާލެވޭނެކަމަށް ހަބަރުލިބިފައި ވެއެވެ.