English Edition
Dhivehi Edition

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 1،000 އަކަފޫޓުގެ 400 ގޯތި ވިއްކުމަށް ހައުސިން މިނިސްޓްރީން ނިންމާފައިވަނިކޮށް އެކަން ހުއްޓުވާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ

ހުޅުމާލެއިން ހަތަރު ލައްކަ ރުފިޔާ އަށް ގޯތި ވިއްކަން ހައުސިން މިނިސްޓްރީން ނިންމާފައިވާއިރު އީސީސީ އިން ބުނެފައިވަނީ އެ އަގަކީ ގޯތި ވިއްކޭނެ އަގެއް ނޫންކަމަށާއި ގޯތި ވިއްކުން ހުއްޓުވާނެކަމަށެވެ،އޭސީސީގެ ހަސަން ލުތުފީ ވިދާޅުވީ މީގެ ކުރިންވެސް ގޯތި ނުވިއްކަން ހައުސިން އަށް އަންގާފައިވާނެކަމަށާއި އެކަން ހުއްޓުވަން ނިންމާފައިވަނީ ސަރުކާރު ޓްރާންސިޝަން މަރުހަލާގައި އޮތުމުން ނޫން ކަމަށެވެ.

މިއަދު ހައުސިން މިނިސްޓްރީން ބޭއްވި ނިއުސް ކޮންފަރެންސެއްގައި މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ޚާއްސަ ކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ވިއްކުމުގެ ފޯމު،މިއަދު ހަވީރު 4:00 އިން ފެށިން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދޫކުރަމުން ދާނެ ކަމަށެވެ. މީގެ އިތުރުން މުއިއްޒު ވިދާޅުވީ ގޯތި ދޫކުރުމަށް ހަމަޖައްސާފައި ވަނީ އަންނަ ހަފުތާގައި، އެންމެންނަށް ހުޅުވާލައިގެން ބާއްވާ ގުރުލުމަކުންކަމަށެވެ

ޓެގު