English Edition
Dhivehi Edition
ނިމްސާ އަލް ޙައްޖު ވަލް ޢުމްރާ ގުރޫޕް އުމްރާއިން އިން ދެއްވި އުމްރާ ދަތުރުގެ އިނާމް ގެ ނަސީބުވެރިޔާ ޙައްވާޒާހިރާ

ބައިނަލް އަގުވާމީ މުދައްރިސުންގެ ދުވަހާ ގުޅިގެން ހިންގި ހަރަކާތްތައް ނިންމާލިއިރު އެންމެ އުފާވި ގިނަ އިނާމުތަކެއް ލިބިގެން ގޮސްފައިވާ އެއްސްކޫލަކީ އައްޑޫ ސިޓީގެ ހުޅުދޫ ސްކޫލެވެ. ހުޅުދޫ ސްކޫލުގައި ކުރިއަށް ގެންދިޔަ މުދައްރިސުންގެ ހަރަކާތްތައް ނިންމާލިއިރު އެ ސްކޫލުގެ 3 މުވައްޒަފަކަށް ވަނީ އުމުރާ ދަތުރުތައް ލިބިފައެވެ.

ތައިސީރު ޙައްޖު އެންޑް އުމްރާ ޓްރެވެލްސް ގުރޫޕުން ދެއްވި އުމުރާދަތުރުގެ ނަސީބުވެރިޔާ ނީރާސް އާދަމް ވަޙީދު

ޓީޗާސް އެޕްރިސިއޭޝަން ވީކްގެ ނަމުގައި މިފަހަރު ހުރިހާ ސްކޫލްތަކުން ވެސް ވަނީ އެއްހަފްތާގެ މުއްދަތަށް މުދައްރިސުންގެ ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. ތަފާތު ގިނަ މަޖާ ހަރަކާތްތަކާއެކު ހުޅުދޫ ސްކޫލުން ވެސް މި ހަފްތާ ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ޕީޓީއޭގެ ފަރާތުން ކުރިއަށް ގެންދިޔަ ހަރަކާތްތަކާއި މުދައްރިސުންގެ ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ފުލުހުންނާ ގުޅިގެން ހިންގި ޓީމް ބިލްޑިން އިވެންޓް ފާހަގަކޮށްލެވެއެވެ.

އަސްކޮއި ހައްޖު އެންޑް ޢުމްރާ މޯލްޑިވްސް ގްރޫޕް އުމްރާއިން ދެއްވި އުމްރާ ދަތުރުގެ ނަސީބުވެރިޔާ ބަޝީރާ އަބްދުﷲ

މުދައްރިސުންގެ އަގުވަޒަން ކުރުމުގެ އެންމެ ފަހު ގާލާ ނައިޓް މިދިޔަ ބުރާސްފަތި ދުވަހުރޭ ކެނެރީފް ރިސޯޓުގައި ވަނީ ބާއްވާފައެވެ. މި ހަފްލާގައި މުދައްރިސުން އެންމެ އުފާވީ ތަފާތު އެކި ސްޕޮންސަރުން ދެއްވަވާފައިވާ އަގުހުރި ހަދިޔާގެ އިނާމު ތަކާއެކުގައެވެ.

މީގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވެނީ ތައިސީރު ހައްޖު އެންޑް ޢުމްރާ ޓްރެވެލްސް އިން ދެއްވި އުމްރާ ދަތުރާއި އަސްކޮއި ޙައްޖު އުމްރާ މޯލްޑިވްސް ގްރޫޕް ޢުމްރާއިން ދެއްވި އުމްރާ ދަތުރާއި ނިމްސާ އަލް ހައްޖު ވަލް ޢުމްރާއިން ދެއްވެވި ޢުމްރާ ދަތުރުގެ އިނާމެވެ. ސްކޫލްގެ މުވައްޒަފުންގެ މެދުގައި ނެގި ގުރުއަތުން މި ދަތުރުތަކުގެ ނަސީބު ވެރިންނަށް ހޮވިފައިވަނީ ސްކޫލްގެ ލީޑިަން ޓީޗަރ ޙައްވާ ޒާހިރާ އާއި ސަޕޯޓިވް ސްޓާފް ބަޝީރާ އަބްދުﷲ އަދި ވަގުތީ މުދައްރިސް ނީރާސް އާދަމް ވަޙީދަށެވެ.

މީގެ އިތުރުން ވެސް ތަފާތު އެކި ފަރާތްތަކުން ސްޕޮންސަރ ކޮށްގެން އެކިއެކި އިނާމުތައް މުދައްރިސުންނަށް ވަނީ ދީފައެވެ. އެގޮތުން މޯލްޑިވިއަން އިން ދެއްވެވި މާލެ-ގަން ޓިކެޓާއި އީކުއޭޓަރ ވިލެޖުން ދެއްވި އެއްދުވަހުގެ ސްޓޭއާއި ކެނެރީފް ރިސޯޓުން ދެއްވެވި އިނާމު ހިމެނެއެވެ.