ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ މުދައްރިސުންގެ ތަހުނިޔާ ފޮނުއްވައިފިއެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކޮންމެ މީހެއްގެ ދިރިއުޅުމަށްވެސް އެންމެ ދެމެހެއްޓެނިވި ހެޔޮ ބަދަލެއް ގެނެސްދޭ ބަޔަކީ މައިންބަފައިން ފިޔަވައި މުދައްރިސުން ކަމަށެވެ. އަދި ދިރިއުޅުމުގައި ލިބޭ ކާމިޔާބީއަށްޓަކައި މުދައްރިސުންނަށް ވަރަށް ބޮޑު ޝުކުރެއް ޙައްޤުވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
Besides our parents, teachers are the ones who’ve had lasting positive impact on who we are today. Our success in life owes them deep gratitude. On #WorldTeachersDay I thank all my teachers as well as every single teacher who continue to light the way for our young generations.
— Ibrahim Mohamed Solih (@ibusolih) October 5, 2020
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދުނިޔޭގެ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި، އެމަނިކުފާނުފާނަށް އުނގަންނަވައި ދެއްވި މުދައްރިސުންނާއި އަދި މިހާރުވެސް ދަރވިަރުންނަށްޓަކައި ބުރަ މަސައްކަތްތަކެއް ކޮށްދެއްވަމުން ގެންދަވާ އެންމެހައި މުދައްރިސުންނަށްވެސް ޝުކުރު ދަންނަވައިފައެވެ.
ދުނިޔޭގެ މުދައްރިސުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު މަހުގެ 05 ވަނަ ދުވަހެވެ.