English Edition
Dhivehi Edition
ހުޅުމީދޫގެއަކުން ވަގަށްނާގާފައިވާ ތަކެތި ފޮޓޯ: ޕޮލިސް ލައިފް

ސ. ހުޅުމީދޫ ގެއަކުން ވައްކަންކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

މިމީހާ ހައްޔަރު ކޮށްފައި ވަނީ ކަރަންޓް ވައިރުކުރުމަށް ބޭނުންކުރާ ގިނައަދަދެއްގެ ސާމާނާއި އަދި ދަގަނޑު ހޮޅިތަކެއް ހުޅުމީދޫ ގެއަކުން ވަގަށްނަގާފައިވާ ކަމަށްބުނެ، އޮކްޓޯބަރ 2ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

ވައްކަމުގެ މައްސަލައިގައި ސ.ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ މީހެކެވެ. ނަމަވެސް ފުލުހުން އޭނަގެ ވަނަވަރު ހާމަކޮށްފައި ނުވެއެވެ

ކޯޓު އަމުރެއްގެ ދަށުން މިމީހާ ހައްޔަރުކޮށް، މިމީހާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ކަރަންޓް ވައިރުކުރާ ބައެއް ސާމާނާއި އަދި ދަގަނޑު ހޮޅިތަކެއް ފުލުހުންވަނީ މިހާރު ހޯދާފައެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ސ.މީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 03 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

މިމައްސަލަ ސ. ހުޅުމީދޫ ޕޮލިސް ސްޓޭޝަނުންދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.