English Edition
Dhivehi Edition
އާސިފް

މަޖީދީ މަގުގައި ހުންނަ ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލާގައި މިދިޔަ މަހު ހައްޔަރުކުރި ހަތަރު މީހުންގެ ތެރޭގައި، 10 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަންޖެހޭ މީހަކު ހިމެނޭކަން ފަޅާއަރައިފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ ރ. މަޑުއްވަރީ، ދާރުލް އައްވަލް، އިސްމާއިލް އާސިފަކީ 2022 ވަނަ އަހަރު ލަނޑާ ނަގާ ދޯންޏެއްގެ ތެރޭގައި ހިންގި މާރާމާރީއެއްގައި މީހަކަށް ވަޅިން ހަމަލާދީ މޫދަށް އެއްލައިލި މައްސަލާގައި 10 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައިވާ މީހެކެވެ. އޭނާ އެ ހުކުމްގެ މުއްދަތު ހަމަނުވަނީސް މިނިވަންވެފައި ހުއްޓާ އަލުން ހައްޔަރުކުރީ ނަލަހިޔާ ރެސިޑެންސްއިން ހިންގި ބޮޑު ވައްކަމުގެ ތުހުމަތުގައެވެ.

ފުލުހުން ބުނި ގޮތުގައި، ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގި މި ހާދިސާގެ ތަހުގީގުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފައެވެ. ނަމަވެސް، މިހާތަނަށް ހޯދިފައިވަނީ ވަގަށް ނެގި ފައިސާގެ ތެރެއިން އެންމެ ބައި ލައްކަ (50,000) ރުފިޔާއެވެ. މި މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުމުގެ އެންމެ ފަހުގެ މަސައްކަތްތައް ފުލުހުން ދަނީ ކުރަމުންނެވެ.

މި މައްސަލާގައި އާސިފްގެ އިތުރުން ޅ. ނައިފަރު މީހަކާއި، ސ. މީދޫ މީހެއްގެ އިތުރުން މާލޭ މީހަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.

ޓެގު