English Edition
Dhivehi Edition

އެމްޑީޕީގެ ފަރާތުން ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކޮށް ހުށަހެޅި މަނީލޯންޑްރިންގެ މައްސަލަތަކެއް އޭސީސީއިން ބަލަން ފަށައިފިއެވެ

އޭއޯ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭސީސީ އިން ވަނީ ތަހުގީގު ކުރަމުންދާ މި މައްސަލައަށް ބޭނުންވާ މުއާމަލާތްތަކުގެ މައުލޫމާތު ހޯދުމަށް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް، އެފްއައިޔޫގައި މިހާރު އެދިފައެވެ

މި މައްސަލައާއި ގުޅިގެން އޭސީސީ އިން އަދި ވަކި ޖަވާބެއް ދީފައިނުވާއިރު އެމްޑީޕީ އިން ބުނެފައިވަނީ އެ ޕާޓީ އިން އޭސީސީ އަށް ހުށަހަޅާފައިވަނީ، އިންޑޮނޭޝިޔާގެ މީހެއްގެ އަތުން 100 މިލިއަން ޑޮލަރު ނަގުދު ފައިސާ ގެނެސް، އެ ފައިސާ ދިވެހި ބޭންކްތަކުގެ ތެރޭގައި ދައުރުކުރިވި މައްސަލައެވެ

ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަކަށް ނަގުދު ފައިސާއިން 1.5 މިލިއަން ޑޮލަރު ޖަމާކުރި މައްސަލައެއް އެމްއެމްއޭގެ އެފްއައިޔޫ ޔުނިޓުން ފުލުހުންނަށް ހުށަހަޅައިފައިވާއިރު ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒު އަލީ ވިދާޅުވީ ރައީސް ޔާމީންގެ އެކައުންޓަށް ނަގުދު ފައިސާއިން ވަދެފައިވާ ފައިސާ އަކީ ކެމްޕޭންގައި ބޭނުން ކުރުމަށް ލިބިފައިވާ ފައިސާކަމަށެވެ