ދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުފުޅު ކުރައްވާ ކަމަށް ނައިބު ރައީސް އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ
އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމަށް މަރުހަބާ ދަންނަވަމުން ޖިހާދު ވިދާޅުވީި ތީޖާ ގަބޫލު ނުކުރަންޖެހޭ އެއްވެސް ކަމެއް ހިނގާފައިވާ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ
ރާއްޖެ ޓީވީ އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޖިހާދު ވިދާޅުވީ އިންތިހާބާ މެދު ޝައްކުތަކެއް އުފެދޭ ނަމަ އެ މައްސަލާގައި ޖަަވާބު ދާރީ ކުރުވަން ޖެހޭނީ އީސީ ކަމަށެވެ
ނައިބު ރައީސް މިހެން ވިދާޅުވި ނަމަވެސް ރައީސް ޔާމީން އާއި ޕީޕީއެމްގެ ގިނަ އަދަދެއްގެ މެމްބަރުންވަނީ އީސީ އިން ނަތީޖާ އޮޅުވާލާފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. އަދި އީސީ އާއި ދެކޮޅަށް ޕީޕީއެމް އިން މުޒާހަރާކުރަމުންދާއިރު އިންތިހާބު އޮޅުވާލި މައްސަލައިގައި ކޯޓަށް މައްސަލަ ވައްދާނެ ކަމުގެ އިޝާރާތެއްވެސް ޕީޕީއެމް އިންވަނީ ދީފައެވެ.