English Edition
Dhivehi Edition
މުހައްމަދު ލަތީފް (ސެންބެ) ވޯޓުލެއްވުން/ ފޮޓޯ: ޕީޕީއެމް

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބުވެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހިކުމްތަތެރި ވިސްނުންފުޅުގެ ސަބަބުން ކަމަށް ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ލިބުނު ކާމިޔާބީ ފާހަގަކޮށް ނައިބު ރައީސް “އެކްސް” މެދުވެރިކޮށް ކުރެއްވި ޕޯސްޓެެއްގައި ވިދާޅުވީ، މަޖިލިސް އިންތިޚާބުގައި ރައީސް ޑރ. މުއިއްޒުގެ ޙިކުމަތްތެރި ވިސްނުންފުޅާއެކު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހޯދި ފުރިހަމަ ކާމިޔާބީއަށް އެންމެހާ ކެންޑިޑޭޓުންނަށާއި ވޯޓު ދެއްވި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ހޫނު މަރުޙަބާއަކާއި ޝުކުރެއް ދަންނަވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ސަރުކާރަށް 73 ގޮނޑި ވަނީ ލިބިފައެވެ. އަދި އިދިކޮޅު އެމްޑީޕީއަށް މިހާތަނަށް 12 ގޮނޑިއެެއް ވަނީ ކާމިޔާބު ކުރެވިފައެވެ.