ކުރީގެ ރައީސް މުހައްމަދު ނަޝީދު އަންނަ މަހުގެ އެއްވަނަ ދުވަހު ރާއްޖެ ވަޑައިގަތުމަށް ނިންމާފައިވާއިރު، އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށްޓަކައި ކުލަ ގަދަ ގިނަ ހަރަކާތްތަކެއް ބާއްވަން އެމްޑީޕީ އިން ނިންމައިފިއެވެ
ނަޝީދް ރައްޖެ ވަޑައިގަންނަވާކަން އިއުލާންކުރައްވާ ކުރެއްވި ޓުވިޓާއި ގުޅިގެން އެމްޑީޕީއިން ބުނެފައިވަނީ ޕާޓީގެ ރައީސް އެނބުރި ރާއްޖެވަޑައިގަންނަވާ ދުވަހަކީ ޕާޓީގެ މެމްބަރުންނާއި ސަޕޯޓަރުންނަށް ލިބޭ އީދެއް ފަދަ އުފާވެރި ދުވަހެއް ކަމަށެވެ.އަދި އަދި ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށް ކުލަގަދަ ހަރަކާތްތަކެއް ރޭވިގެންދާނެ ކަމަށް އެމްޑީޕީއިން ކޮށްފައިވާ ޓުވިޓެއްގައި ވަނީ ބުނެފައެވެ
13 އަހަރުގެ ޖަލު ހުކުމެއް 2015 ވަނަ އަހަރު އިއްވުމާއެކު 2016 ވަނަ އަހަރު ނަޝީދު ވަނީ ބޭސްފަރުވާއަށް އިނގެރޭސިވިލާތަށް ވަޑައިގެން އެ ގައުމުގެ ސިޔާސީ ހިމާޔަތް ހޯދައްވާފައެވެ