މިއަހަރުގެ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ހައްޔަރުކުރި ފުލުހުންގެ ތެރެއިން އެސްއޯގެ ކުރީގެ ކޮމާންޑަރު ސައިފް ހުސައިނާއި ސްޓޭޝަން އިންސްޕެކްޓަ ފާއިޒް މުހައްމަދު ދޫކޮށްލައިފިއެވެ
ސައިފް އާއި ފާއިޒް ދޫކޮށްލާފައި މިވަނީ ފުލުހުންގެ ބަންދުގައި އެމީހުން ތިބޭތާ ހަތް މަސް ފަހުންނެވެ. ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ އަމަލެއް ހިންގުމުގެ ދައުވާ ހައްޔަރުކުރި ފުލުހުންގެ މައްޗަށް ކޮށްފައިވާއިރު އެ ދައުވާ ސާބިތުވެއްޖެނަމަ އެ ފުލުހުންނަށް ހަތަރު މަހުގެ ބަންދެއް އަންނާނެ އެވެ
ސައިފް އާއި ފާއިޒް ދޫކޮށްލާފައިވަނީ ބަންދުގައި ތިބި މުއްދަތުގެ ތެރޭގައި ވެސް ހެއްކަށް ނުފޫޒު ފޯރުވުމުގެ ކަމެއް ފާހަގަކުރެވިފައިނުވާތީ އެވެ