English Edition
Dhivehi Edition

ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެސްއޯ ފުލުހުންގެ ބޯ އެ މީހުންގެ ނުރުހުމުގައި ބޭލުވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަށް ހުށަހަޅައިފި އެވެ.

އެ ފުލުހުންގެ ވަކީލުންމިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ މީހުންގެ ނުރުހުމުގައި ބޯ ބޭލުމަކީ އެންޓި ޓޯޗާ ގާނޫނުގެ 14 ވަނަ މާއްދާގެ ށ ގެ 12 ވަނަ ނަންބަރާއި ހިލާފު ކަމެއް ކަމަށެވެ.

އަަދި މީހެއްގެ ނުރުހުމުގައި އޭނާގެ ގަޔަށް އަތްލުމަކީ ގާނޫނުލް އުގޫބާތުގެ 20 ވަނަ މާއްދާގެ ދަށުން ކުށަކަށް ވާއިރު މިކަމުގައި ބައިވެރިވި ހުރިހާ އެންމެން ވެސް ކުށްވެރިވާނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

މިދިޔަ ފެބްރުއަރީ އަދި މާޗު މަހުގެ ތެރޭގައި ކުއްލި ނުރައްކަލުގެ ދަށުން އެ ފުލުހުން ހައްޔަރުކުރުމަށް ފަހު ވަނީ ވަޒީފާއިން ވެސް ވަކިިކޮށްފަ އެވެ. އަދި އެ މީހުންގެ ބަންދުގެ މުއްދަތު ހަމަވުމުން މިހާރު ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ނުވަ ދުވަސް އިތުރުކޮށްފަ އެވެ.

މި ފުލުހުން މިހާރު ތިބީ ކަރެކްޝަންސްގެ ބެލުމުގެ ދަށުން މާފުށީ ޖަލުގައި ހައްޔަރުކޮށްފަ އެވެ.