English Edition
Dhivehi Edition

ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނާ ދެކޮޅަށް ރައްޔިތުން ނިންމި ގޮތް ވަރަށް ސާފުކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން ރައްޔިތުންގެ ނިންމުމާ ދެކޮޅު ހައްދަވައި،ގައުމު ހަލަބޮލިކުރުމަށް މަސައްކަތްނުކުރެއްވުމަށް އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ގޮވާލައިފިއެވެ

މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަމުން އިބޫ ވިދާޅުވީ ނަތީޖާއާއެކު ބަލި ގަބޫލު ކުރައްވައި، ސިޔާސީ ވާދަވެރިއެއްގެ ގޮތުގައި ދެމިހުންނަވާނެ ކަމަށް ވިދާޅުވުމަށް ފަހު ރޭ ފެނިވަޑައިގަތީ، ރައީސް ޔާމީން ޚިޔާލުފުޅު ބަދަލުކުރެއްވި މަންޒަރުކަމަށެވެ.މީގެ އިތުރުން އިބޫ ވިދާޅުވީ ރައީސް ޔާމީން އިސްވެ ހުންނަވައި މަގުމައްޗަށް ނިކުމެ ގައުމު ހަލަބޮލި ކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި އެކަމަށް ރައްޔަތުންވެސް ތިބީ ތަންދޭ ގޮތަކަށް ނޫންކަމަށެވެ

އިބޫ ވަނީ ރާއްޖޭގެ ގާނޫނު ތަންފީޒުކުރައްވާ ހުރިހާ ފަރާތްތަކުން ޚާއްސަކޮށް ސިފައިންނާއި ފުލުހުންނަށް ރައްޔަތުންގެ ނިންމުން ދަމަހައްްޓުމަށް ގޮވާލާފައެވެ

މިއަހަރުގެ ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އީސީން އާއްމުކުރި އިރުއިންތިޚާބުގައި އިބޫ އަށް 134،705 ވޯޓު ލިބިވަޑައިގަތް އިރު، ރައީސް ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ.،