English Edition
Dhivehi Edition

ރިޔާސީ އިންތިޚާބުގައި ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީ ރައީސް އަބްދުﷲ ޔާމީން ގަބޫލުފުޅުކުރެއްވުމަށް ފަހު، ރޭ ކުއްލި ގޮތަކަށް މުޒާހަރާ އަށް ނުކުމެވަޑައިގަތުމުން އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، ޔާމީން އަށް ފާޑު ވިދާޅުވެއްޖެއެވެ

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި އެކު ބޭއްވި ބައްދަލުވުން ނިންމާލުމަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ އިބޫ ވިދާޅުވީ އެއްވެސް މީހަކު ގާނޫނާ ޚިލާފު އަމަލެއް ހިންގައި މައްސަލައެއް ނުވަތަ ޝަކުވާއެއް ހުށަހަޅާފައި އޮވެއްޖެ ނަމަ އެކަން މުއައްސަސާތަކުން ބަލަން ޖެހޭނެކަމަށާއި ވަކި މީހަކީ ގާނޫނު ނުހިނގާ ނުވަތަ އިސްތިސްނާކުރެވޭނެ މީހެއް ނޫން ކަމަށެވެ

ރައީސް ޔާމީންގެ ބޭނުންފުޅަކީ މުޒާހަރާކުރައްވައިގެން، އެމަނިކުފާނަށް ތުހުމަތުކުރާ ގާނޫނާ ޚިލާފު ކަންކަމުން ރެކިވަޑައިގަނެ ނުވަތަ “ޑީލެއްގެ” ދަށުން ނަމަވެސް އިންސާފާ ކުރިމަތި ނުލެއްވޭނެ ގޮތެއް ހޯއްދެވުން ކަމަށް އިދިކޮޅުން ތުހުމަތުކުރާ ކަމަށާއި އެފަދަ ކަމަކަށް ޖާގަ ދެއްވާނަންތޯ ނޫސްވެރިއަކު ސުވާލުކުރުމުން އިބޫ ވިދާޅުވީ ގާނޫނީ އިމުން ބޭރުގައި އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ. މީގެ އިތުރުން އިބޫ ވިދާޅުވީ އެބޭފުޅުން ތިއްބެވީ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ރައްޔިތުންގެ ނިންމުންތަކާއި އެކީގައި ކުރިއަށް ދާންކަމަށެވެ. “އެއްވެސް ހާލެއްގައި ޑީލެއް ހަދައިގެން މިކަން ހައްލުކުރާކަށް ނޫން އަޅުގަނޑުމެން މިތިބީ” އިބޫ ވިދާޅުވިއެވެ