English Edition
Dhivehi Edition
... އަހުމަދު ޝަރީފް (ވ) އަދި ކޮމިޝަންގެ މެންބަރު އިސްމާއިލް ހަބީބު (ވ) / ފޮޓޯ އީސީ

ރިޔާސީ އިންތިޚާބު ބާތިލްކުރަން ޖެހޭ ގާނޫނީ އެއްވެސް ހުއްޖަތެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރު އިސްމާއިލް ހަބީބު ވިދާޅުވެއްޖެ އެވެ

ހަބީބު މިހެން ވިދާޅުވީ ންތިޚާބު އޮޅުވާލީ ކަމަށް ތުހުމަތު ކުރައްވައި އެ މައްސަލައިގައި އީސީ ޖަވާބުދާރީވަންދެން ޕީޕީއެމުން އަޑުއުފުލާނެ ކަމަށް ބުނެ އެ ޕާޓީން ރޭ މުޒަހަރާކޮށްފައިވަނިކޮށެވެ.ރައީސް ޔާމީންވެސް ބައިވެރިވެ ވަޑައިގަތް މިމުޒާހަރާގައި ޕީޕީއެމް އިން ބުނެފައިވަނީ އިންތިޚާބު ބާތިލްކުރަން ސުޕްރީމް ކޯޓަށް ގޮސްގެން ނަމަވެސް ހައްގުތައް ހިމާޔަތްކުރާނެ ކަމަށެވެ.މީގެ އިތުރުން އީސީގެ މެމްބަރުންނަށް ކޮށްފައިވާ ބޮޑެތި ތުހުމަތުތަކަކާ އެކު ނަތީޖާ ގަބޫލުނުކުރާކަމަށް ޕީޕީއެމް އިންވަނީ ބުނެފައެވެ

ރޭގެ މުޒާހަރާގައި ދެއްކި ވާހަކަތަކަށް ޖަވާބުދެއްވާ އީސީގެ މެމްބަރު ހަބީބް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންތިޚާބު ބާތިލްކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި އިންތިޚާބުގެ ހުރިހާ ކަމެއް ވެސް ދިޔައީ، ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށެވެ.

މީގެ އިތުރުން ހަބީބު ވިދާޅުވީ އީސީ އިން ޖަވާބުދާރީ ކުރުވަނީ މަގުމަތިން ނޫންކަމަށެވެ. އަދި ޒިންމާދާރު ޕާޓީއެއްގެ ގޮތުގައި އީސީ އަށް ވަޑައިގަތުމަށް ހަބީބުވަނީ ގޮވާލާފައެެވެ