މުދައްރިސުންގެ ދުވަހާ ގުޅުވައިގެން ތަފާތު އެކިވައްތަރުގެ މަލުގެ ޝިޕްމެންޓެއް, އައްޑޫސިޓީގެ ހިތަދޫ އަދި މަރަދޫގައި ހުންނަ ހަބްރޫޓް ފިހާރައަށް ގެނެސްފިއެވެ.
މި ފިހާރައިން ތަފާތު އެކި ބާވަތްބާވަތުގެ އަދި އެކިކުލަކުލައިގެ ފިނިފެންމަލާއި އަދިވެސް ތަފާތު ރީތި ބާވަތްތަކުގެ މާ ލިބެން އެބަހުރި ކަމަށް ހަބްރޫޓްއިން ބުނެއެވެ.
މުދައްރިސުންގެ ދުވަހާ ގުޅުވައިގެން މުދައްރިސުންނަށް ހަދިޔާ ދިނުމަށް ގިނަ ބަޔަކު މާ ބޭނުންވެގެން އުޅޭތީ ހެޔޮ އަގުގައި ތަފާތު ބާވަތްތަކުގެ މާ ލިބޭނެ ގޮތް ހޯދައިދިނުމަށް މި ދުވަސްވަރާ ދިމާ ކޮށް ގެނައި މަލުގެ ޝިޕްމަންޓަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.
ހަބްރޫޓު ފިހާރައިން ވިއްކާ މަލުގެ އަގު 30 ރުފިޔާއިން ފެށިގެން ތަފާތު އެކި އަގުތަކުގައި އެބަހުރި ކަމަށް އެފިހާރައިން ބުނެއެވެ.
މުދައްރިސުންގެ ދުވަހަށް ޚާއްޞަކޮށްގެން ގެނައި މަލުގެ އިތުރުން ވެޑިން ޚާއްޞަ މާބޮނޑި އާއި ތަފާތު އެކި މުނާސަބާތަކަށް ޚާއްޞަ މާބޮނޑިވެސް މި ފިހާރައިން ތައްޔާރުކޮށްދެއެވެ.
މާ ގަންނަން ބޭނުންވާ ބޭފުޅުން 7370505 މި ނަމްބަރަށް ގުޅާލުމުން އިތުރު މައުލޫމާތުވެސް ލިބިގެން ދާނެއެވެ.