English Edition
Dhivehi Edition

ކޮމިޝަނަރ އޮފް ޕޮލިސް ކަމަށް ހަމްދޫން ރަޝީދު، ރައީސް އަބްދުﷲ ޔާމީން މިއަދު އައްޔަން ކުރައްވައިފި އެވެ.

އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމުގައި މިހާތަނަށް ހުންނެވި ހަމްދޫނަކީ، މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބާ ގުޅޭ އޮޕަރޭޝަންގައި ފުލުހުންގެ އިސް ކޮމާންޑަރެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އެންމެ ފުރަތަމަ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމު އަދާކުރެއްވީ ހުސައިން ވަހީދު އެވެ.ހުސައިން ވަހީދު މަގާމުން ދުރުކޮށް ދެން ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އައްޔަން ކުރެއްވީ އަހްމަދު އަރީފް އެވެ. އަރީފް މަގާމުން ދުރުކޮށް ކޮމިޝަނަރ އޮފް ޕޮލިސްގެ ޒިންމާތައް ދެން ހަވާލު ކުރީ އޭސީޕީ ސައުދީ އާއި އެވެ.

ޕޮލިސް ކޮމިޝަނަރަކަށް ހަމްދޫން މިއަދު އައްޔަން ކުރެއްވިއިރު، އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި މިހާތަނަށް ހުންނެވީ އަބްދުﷲ ނަވާޒެވެ.