English Edition
Dhivehi Edition
ފޮޓޯ: ވީ ނިއުސް

ޖުމްހޫރީ ޕާޓީގެ ފައުންޑަ ގާސިމް އިބްރާހީމް, އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދުގެ އިތުރުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު އަންނަ ބުދަ ދުވަހު ރާއްޖެ ވަޑައިގަތުމަށް ނިންމަވައިފި އެވެ

ރިޝްވަތުގެ މައްސަލައެއްގައި ތިން އަހަރުގެ ހުކުމެއް އިއްވާފައިވާ ގާސިމް ރާއްޖެ ވަޑައިގަތުމަށް ނިންމެވީ، ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްފައި ބެހެއްޓުމަށް ހައި ކޯޓުން ރޭ އަމުރުކުރުމާ ގުޅިގެންނެވެ. 2015ވަނަ އަހަރު އަލީ ވަހީދު ރާއްޖެއިން ބޭރަށް ވަޑައިގަތީ ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާއާ ގުޅިގެން އޭނާގެ މައްސަލައެއް ތަހުގީގު ކުރަން ފެށުމުންނެވެ.ޖަމީލް، އިނގިރޭސިވިލާތަށް ވަޑައިގަތީ، އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި ނައިބު ރައީސް ކަމުގެ މަގާމުން ދުރުކުރުމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވެއްދުމުންނެވެ

މި ތިން ބޭފުޅުންވެސް އަންނަ ބުދަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ ކަން އިއުލާންކުރައްވާ ވީޓީވީ ގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ނުހައްގުން ބަންދުކޮށްފައި ތިބި ބަޔަކު ދޫކޮށްލުމަކީ ޝަރުއީ ނިޒާމް މިނިވަންކަމާ އެކު ހިނގަން ފެށި ކަމުގެ ހެއްކެއް ކަމަށެވެ .