English Edition
Dhivehi Edition
ކ.ވ ނާނާޕަޓޭކަރ އަދި ތަނުޝްރީ

ބޮލީވުޑްގެ ތަރި އަދި ކުރީގެ މިސްއިންޑިއާ ތަނުޝްރީ ދައްތާ އަށް ބޮލީވުޑްގެ އެކްޓަރަކު ޖީންސީގޯނާކުރި ކަމަށް ބުނެފިއެވެ.

ތަނުޝްރީ ބުނެފައިވާގޮތުގައި 2008 ވަނައަހަރު “ހޯން އޯކޭ ޕްލީޒް” ގެ ޝޫޓިންގެ ތެރޭގައި އެކްޓަރ ނާނާ ޕަޓޭކަރ ވަނީ އޭނައަށް ޖިންސީގޯނާ ކުރަން އުޅެފައެވެ. އަދި އެކަން ކާމިޔާބް ނުވުމުން ނާނާޕަޓޭކަރ އޭނަގެ ރައްޓެހިންތަކެއް ކައިރީ ތަނުޝްރީގެ ކާރު ގެ ބިއްލޫރިތަޅާ ކާރު ބޭނުން ނުކުރެވޭވަރަށް ހަލާކު ކޮށްލުމަށް ބުނެފައިވާކަމަށް އޭނާ މިހާރު ދަނީ ބުނަމުންނެވެ. ތަނުޝްރީ ބުނެފައިވަނީ އޭނަގެ ކާރަށް ބަޔަކު ގެއްލުން ދިންކަމަށާ އެދުވަހު އާއިލާމީހަކާ އެކީ ގެއަށް ދާންޖެހުނު ނަމަވެސް އޭރު އެއީ ނާނާޕަޓޭކަރު ގެ ކަމެއްކަން ނޭނގޭ ކަމަށެވެ.

މިހާދިސާހިނގިތާ ދިހަ އަހަރުފަހުން ތަނުޝްރީ މިވާހަކަ މީޑިއާއާ ހިއްސާކުރުމުން އެއްބަޔަކު އޭނަގެ ވާހަކައަށް ފާޑު ކިޔަމުން ދިޔަނަމަވެސް އެއްބަޔަކު ދަނީ މިމައްސަލަ ބަލަންޖެހޭނެކަމަށާއި ތަނުޝްރީ އަށް ލިބުނު ގެއްލުމުގެ ބަދަލު ނާނާޕަޓޭކަރ ދޭންޖެހޭނެ ކަމަށް ބުނަމުންނެވެ.

މިހާދިސާގެ ވާހަކަ މީޑިއާތަކުގައިގައި ބާރަށް ދެކެވެމުންދާ އިރު ނާނާ ޕަޓޭކަރ ބުނަމުންދަނީ އޭނަގެ މައްޗަށް ކުރަނީ ދޮގުތުހުމަތު ތަކެއްކަމަށެވެ. އަދި ނާނާޕަޓޭކަރގެ ވަކީލު ބުނަމުންދަނީ ހަގީގަތެއްނެތް ދޮގުވާހަކަ ތަނުޝްރީ ފަތުރަމުންދަނީ ނާނާޕަޓޭކަރ ގެ އަގު ވައްޓާލަންކަމަށާއި ތަނުޝްރީ ނާނާ ޕަޓޭކަރ އަށް މާފަށް އެދެންޖޭހޭނެކަމަށެވެ.

މިހާރު އުމުރުން 67 އަހަރުވެފައިވާ ނާނާ ޕަޓޭކަރ ގެ މައްޗަށް ތަނުޝްރީ އަށް ޖިންސީގޯނާ ކުރަން އުޅުނުކަމުގެ ތުހުމަތު ކުރެވެމުން ދާއިރު އޭނާ ދަނީ 26 އޮކްޓޯބަރ 2019 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމް “ހައުސްފުލް 4” ގައި މަސައްކަތް ކުރަމުންނެވެ.

 

ޓެގު