English Edition
Dhivehi Edition

ފެބުރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ފުލުހުންގެ ވަޒީފާ އިން ވަކިކުރަން ނިންމާފައިވާ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، އަބްދުލް މަންނާން ޔޫސުފް އަލުން ފުލުހުންގެ ވަޒީފާ އަށް ނުކުތުމުގެ ހުއްދަ ދީފި އެވެ

ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން މިދިޔަ މޭ މަހު، މަންނާނު ފުލުހުންގެ ވަޒީފާ އިން ވަކިކުރަން ނިންމީ ސިއްރު މައުލޫމާތުތަކެއް ސިޔާސީ ބަޔަކާ ހިއްސާކުރުމާއި ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރުމަށް ނެރުނު ކޯޓް އަމުރެއް ތަންފީޒު ކުރުމަށް އުޅުނު ކަމުގެ ތުހުމަތުގަ އެވެ

އެހެން ނަމަވެސް މަންނާނު ފުލުހުންގެ އެޕީލް ބޯޑްގައި އެ ނިންމުން އެޕީލް ކޮށްފައިވަނިކޮށް ރިޔާސީ އިންތިހާބަށް ފަހު، އެޕީލް ބޯޑުން ނިންމީ މަންނާނުގެ މައްސަލަ ނިންމި ގޮތް ރަނގަޅު ނޫން ކަމަށެވެ.އަދި އޭނާ ކުރިން ހުރި މަގާމަށް އަނބުރާ ގެނައުމަށް އެޕީލް ބޯޑްއިންވަނީ ނިންމާފައެވެ

މިކަމާއި ގުޅިގެން އަދި ފުލުހުންގެ ބަހެއް ލިބިފައިނުވާއިރު މަންނާނު އަކީ، ފެބުރުއަރީ އެކެއްގެ އަމުރަށް ފަހު ހައްޔަރުކުރި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފް އަދި ކިބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު އާއި ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ.