English Edition
Dhivehi Edition
ފޮޓޯ: މުހައްމަދު ޝަރުހާން/ ރާއްޖެ އެމްވީ

ރައްޔިތުންގެ ހިތްވަރާއި ޖޯޝުން ރާއްޖޭގެ މުސްތަގުބަލު ހެޔޮ ގޮތުގައި ބިނާ ކުރުމުގެ ފުރުސަތު ލިބިފައިވާކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ

އިލެކްޝަންސް ކޮމިޝަނުން ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ މިއަދު އިއުލާން ކުރެއްވުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ރާއްޖޭގެ މުސްތަގުބަލު ހެޔޮ ގޮތުގައި ބިނާކުރުމަށް ފުރުސަތު ލިބިވަޑައިގެންފައިވާ ކަމަށާއި އެމަނިކުފާނުގެ ވެ ވަޑައިގަންނަވަނީ ހުރިހާ ރައްޔިތުންގެ ރައީސަކަށްކަމަށެވެ

މީގެ އިތުރުން އިބޫ ވަނީ ދިވެހި ރައްޔިތުން ދައްކުވައިދިން ޑިމޮކްރެސީގެ ރީތި ނަމޫނާ އަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރައްވާފައެވެ

މި އިންތިޚާބުގައި 262135 މީހުނަށް ވޯޓުލުމުގެ ހައްޤު ލިބިފައިވާއިރު، 233889 މީހުންވަނީ ވޯޓުލާފައެވެ.މި އިންތިހާބުގައި ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގެންނެވީ 134،705 (58.40 އިންސައްތަ) ވޯޓެވެ