English Edition
Dhivehi Edition

ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ޓައިގާ ޝްރޮފްއާ ބައްދަލު ކުރަން ދެ ސްކޫލް ކުއްޖަކު ފިލައިގެން ދަތުުރުކުރަނިކޮށް ފުލުހުން އެ ކުދިން އަތުލައިގެންފިއެވެ.

އިންޑިއާގެ އަވަށެއް ކަމަށްވާ އަލިޕޯރަށް ނިސްބަތްވާ މިދެ ފިރިހެން ކުދިން ސްކޫލް ނިންމުމަށްފަހު ދަބަހާ އެއްކޮށް ފިލައިގެން ދަނިކޮށް އާގްރާ ރެއިލްވޭ ސްޓޭޝަނުން ހިފެހެއްޓީ މިދިޔަ އަންގާރަ ދުވަހުއެވެ. އިންޑިއާގެ ނޫސްތަކުން ބުނެފައިވަނީ މިދެކުދިން ގެއްލިގެން އާއިލާ މީހުން ފުލުހުންނަށް އަންގާފައި ވަނިކޮށް ރޭލުތެރެއިން އާންމުންގެ މީހަކަށް މިދެކުދިން ފެނިގެން ފުލުހުންނަށް ރިޕޯޓްކޮށް ގެން ފުލުހުން ވަނީ ދެކުދިން ގޮވައިގެން ފުލުސް އޮފީހަށް ގެންގޮސް ސުވާލުކޮށްފައެވެ.

މިހާދިސާއާ ގުޅިގެން ފުލުހުން ބުނެފައިވަނީ ދެކުދިން ސްކޫލްނިންމާފައި ފިލައިގެން ރޭލަށް އަރާ ދަތުރު ފެށީ މުމްބާއީ އަށް ދިއުމަަށް ކަމަށާއި ބޭނުން ވީ ބޮލީވުޑްގެ އެކްޓަރ ޓައިގާޝްރޮފް އާ ބައްދަކު ކޮށް އޮޓޯގްރާފެއް ނަގަންކަމަށެވެ. މީގެ އިތުރުން ފުލުހުން ބުނެފައިވަނީ މިކުދިން ދަތުރު ކުރި އިރު އަތުގައި އެންމެ ފައިސާފޮއްޗެއް ވެސް ނެތްކަމަށާއި އެކުދިން ދަތުރިކުރީ ނުކައި ބަނޑުހައި ކަންމަތީގައި ކަމަށެވެ.

ފުލުހުން ބުނީ އުމުރުން 15 އަދި 13 އަހަރުގެ މި ދެ ފިރިހެން ކުދިން މިހާރު ވަނީ އާއިލާ އާއި ހަވާލު ކޮށްފައެވެ. އިންޑިއާގައި ބޮލީވުޑްގެ ފިލްމީ ތަރިންނަށް ސަޕޯޓްކުރާ އެކި އުމުރުގެ އެކި ފޭނުން ތަފާތު އެކި ގޮތްގޮތަށް އެމީހަކު ސަޕޯޓްކުރާ ތަރިންނާ ބައްދަލު ކުރެއެވެ. އެގޮތުންސޯޝަލްމީޑިއާ އިންނާއި ވީޑިއޯގެ ޒަރިއްޔާއިންވެސް ފޭނުން ތަރިންނަށް މެސްޖް ފޮނުވައެވެ.

ދާދިފަހުން މަޝްހޫރު ތަރި ރިތިކްރޯޝަން އަށްވެސް އޭނަގެ ފޭނަކު ވަނީ ލިޕްސްޓިކް ބޭނުންކޮށްގެން ރިތިކްގެ ފޮޓޯއެއް ކުރަހާ ފޮނުވާފައެވެ. އަދި ރިތިކް ވަނީ އެ ހަދިޔާ ބަލައިގަނެ ފޭނަށް ސަޕްރައިޒަކަށް ލިޕްސްޓިކް ތަކެއް ހަދިޔާ އަކަށް ފޮނުވާފައެވެ.