English Edition
Dhivehi Edition

މާދަމާ ފަށުމަށް ހަމަޖައްސާފައިވާ ޕީޕީއެމްގެ ކޮންގްރެސް ހުއްޓުވައި ދިނުމަށް އެދި، އެ ޕާޓީގެ ކުރީގެ ކައުންސިލް މެމްބަރު މުހައްމަދު ނަދީމް، އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅުއްވައިފި އެވެ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް މިއަދު އީސީ އަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ޕީޕީއެމްގެ ކޮންގްރެސް ބާއްވަން ނިންމި އިރު، އެ ޕާޓީގެ އަސާސީ ގަވައިދުގައި ބުނާ ހާލަތެއް މެދުވެރިވެފައި ނުވާ ކަމަށެވެ

މީގެ އިތުރުން ނަދީމް ގެ ސިޓީގައި ބުނެފައިވަނީ އެއްވެސް ހާލަތެއް މެދުވެރިވެއްޖެ ނަމަ، ކޮންގްރެސް ބޭއްވޭނީ ޕީޕީއެމްގެ ކައުންސިލުން އެގޮތަށް ފާސްކޮށްގެންކަމަށާއި އެކަމަކު، މިހާރު އޮތީ ޕީޕީއެމްގެ އަސާސީ ގަވައިދުގެ ދަށުން ސައްހަ ކައުންސިލެއް ނޫން ކަމަށެވެ. އަދި ކައުންސިލް ބައްދަލުވުމެއް ބާއްވަން ޖެހޭނީ ޕާޓީގެ ރައީސްގެ ބެއްލެވުމުގެ ދަށުން ކަމަށް ވާއިރު، ޕީޕީއެމްގެ ރައީސްގެ މަގާމުން މައުމޫން ވަކި ކުރީ އަސާސީ ގަވައިދާ ހިލާފަށްކަމަށް ނަދީމްވަނީ ފާހަގަކުރައްވާފައެވެ

ޕީޕީއެމްގެ އަސާސީ ގަވައިދުގައި ބަޔާންކޮށްފައިވާ ކޮންގްރެސް ބާއްވަންޖެހޭ ހާލަތްތަކަކީ ޕާޓީގެ ރައީސްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅުމެވެ. ޕާޓީގެ އާންމު މެމްބަރުންގެ ތެރެއިން 25 ޕަސެންޓު މީހުން، ކޮންގްރެސްއެއް ބާއްވައި ދިނުމަށް އެދި ކައުންސިލަށް ހުށަހެޅުމެވެ.އަދި ކޮންގްރެސް ބޭއްވުމަށް ކައުންސިލުން ފާސްކުރުމެވެ