އެއީ މާޒީގެ ސޮފްހާތަކޭ ކިޔާފައި ވަފާ އަކަށް އޭނާގެ ޑައިރީގެ ގަނޑުތައް އުކައެއް ނުލެވޭނެއެވެ. މިވަގުތު އޭނާ ލިޔަމުންދާ ސޮޕްޙާތައް އޭނާގެ ކަރުނައިން ފޭދެމުން ދިޔައީ އޭނާގެ ޙަޔާތުގެ ފަލްސަފާއެކެ އެއްގޮތަށެވެ. ހިތްދަތި ހަނދާން ތައް އޭގައި އެކުލެވިގެންވާ ފަދައިންނެވެ.
ވަފާ އޭނާގެ ފޮތްލައްޕާލުމަށްފަހު އެނދުގައި ފުރޮޅީގޮތުން ހީވީ ދެން އޭނާ އެފޮތުގައި އަތްނުލާނެހެންނެވެ.
ވަފާއަކީ ވަރަށް ދީންވެރި އަންހެންކުއްޖެކެވެ. އޭނާއެވަގުތު އެތެދުވީ ފަތިސް ނަމާދު ކުރުމަށެވެ. އާނއެކެވެ. މުޅި ރޭ އޭނާ ހޭދަކޮށްލީ ރުއިމުގައިކަން އެނގެއެވެ. އޭނާ އަތްފަޔާމޫނު ދޮވެލިއެވެ. އަދި ފުރިހަމަ ޔަގީންކަމާއެކު ﷲ އަށް ދުޢާކުރިއެވެ.
ހިތްވަރު ކުރާށެވެ. ދުނިޔެއާއިމެދު ޔަގީންކުރާށެވެ. މާދަމާޔަކީ އާދުވަހެކެވެ. ވީއިރު އިއްޔެގެ ހަނދާންތަކުން މޫޑު ސަކަރާތް ނުކުރާށެވެ. ވާފާގެ ހިތް ކެނޑި ނޭޅި ވަފާއަށް ނަސޭހަތް ދެމުންދަނީ ލޯބިވާ މަންމަޔެއް ފަދައިންނެވެ.
ވަފާ އޮފީސް ހުޅުވާލުމަށްފަހު މަޑު ހިނގުމެއްގައި އޭނާއަށް ޙާއްސަކުރެވިފައިވާ ޖާގަޔަށް ދިޔައެވެ. މޭޒު މަތީގައި ހުރި ބައިވަރު ކަރުދާސް ތަކުގެ ފުނިވަރު ފެނިފާ އޭނާގެ އަނގައިން އާހްގެ އަޑެއް ނިކުތެވެ.
ނޫނެކެވެ. މިއީހިތްވަރު އެލުވާލަން ވީވަގުތެއް ނޫނެވެ. ކުރިމަތިލާންވީ ވަގުތެވެ. މިއީ ހެނދުނުގެ ވަގުތެވެ. އަތުކުރި އޮޅާލާފަ އޭނާ މަސައްކަތް ކުރަމުން ދިޔައެވެ. ދެގަޑި އިރުވީއިރުވެސް އަތުގެ ބުރު ނޭނގި ހަލުއި ކަމާއެކު އޭނާ މަސައްކަތް ކުރަމުންދިޔައެވެ.
ޕިޔޯނު ލިޔުޝާ އައިސް އޭނާގެ ކޮފީތަށި މޭޒުމަތީ ބަހައްޓާލިއެވެ. ޝުކުރުވެރިކަމާއެކު އޭނާ ލިއުޝާއަށް ހިނިތުންވެލިއެވެ. ލިއުޝާ އަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާވެސް މެއެވެ. އޮފިސް ނިންމާފައި ލިބޭ ހުސްވަގުތު ދެމީހުން އެކުގައި ހޭދަ ކުރެއެވެ.
މަޑުމަޑުން އާވި އަރާއަރާހުރި ކޮފީތަށިން އޭނާ އެތިފޮދެއް ބޯލިއެވެ. ހަމަޖެހުމުގެ ނޭވާއެއް އޭނާ ލީގޮތުން އެވަގުތު އޭނާ އިނީ ވަރަށް ހަމަޖެހިފަ ކަން އެނގުނެވެ. ވާނީވެސް އެހެންނެވެ. ވަރަށް ގިނަ މަސައްކަތް އޭނާ އެކުޑަ ހިނދުކޮޅުން ނިންމާލި ކަހަލަ އެވެ.
ވައިބާ މެސެޖާއި އެކު އޭނާ މޭޒުމަތީއޮތް ފޯނަށް ބީރަށްޓެހި ގޮތަކަށް ބަލާލިއެވެ.
“ގުޑް މޯނިން!” ނުދަންނަ ނަންބަރަކުން އައިސްފައިވާ މެސެޖުގައި އޮތެވެ.
އެމެސެޖްގެ ސަބަބުން އޭނާ އުފާތިކަމެއް ނުވަތަ ދެރަވި ކަމެއް ނޭނގެއެވެ. އެޔަށް ޖަވާބު ދިނުންވެސް އޭނާ ބެލީ ބޭނުން ނޫންކަމެއް ގޮތުގައެވެ. ފޫހި ކަމާއެކު ދުރަށް އޭނާ ފޯނު ޖައްސާލިއެވެ.
ފޯނު ރިންގުވާން ފެށިއެވެ. އެއީ އަބަދުވެސް އާދައެވެ. އޭނާގެ މެސެޖްގެ ޖަވާބު ނުދެވިއްޖެއްޔާ އޭނާ ގުޅާނެއެވެ. ދެން ހުއްޓާލާނީ ހަމަ ފޯނަށް ޖަވާބު ދިނުމުންނެވެ.
ފޯނަށް ޖަވާބ ުދިނުމުގެ ބަދަލުގައި އޭނާ ފޯނު ސައިލެންޓު ކޮށްލިއެވެ.
އަނެއްކާ މެސެޖެއް އައެވެ. ފޯނު ނަގާފަ ވަފާ އޭނާގެ ކަންފަތުގައި ފޯނު ޖައްސާލިއެވެ.
“ފޯނަށް ޖަވާބު ދީބަލަ”
ޝުއައިބުގެ އަޑު އައުމާއެކު ވަފާ ފުންނޭވާއެއް ޖައްވަށް ދުކޮށްލިއެވެ.
ފިނޑި މީހަކަށް ވާކަށް އަހަރެން ބޭނުމެއް ނުވޭ. ވަފާ ހިމޭންކަމާއެކު ބުނެލިއެވެ.
“މިއަދުގެ ރިޕޯޓް އަހަރެން ހުންނާނީ ވަޓުސް އެޕް މެސެޖަކުން ފޮނުވާފަ އޭތި ލޯޑްވާން ވަގުތު ކޮޅެއް ނަގާފާނެ. އެއީ ބޮޑު ފައިލެއް” ޝުޢައިބު މިހެން ބުނެފަ ވަފާ އެއްޗެކޭ ނުބުނެވެނީސް ފޯނު ކަޑާލިއެވެ.
ފައިލް ލޯޑުވާން ވަގުތު ނެގިއެވެ، އާއެކެވެ. އެއީ މިވަގުތު އޭނާ ކުރަމުންދާ މަސައްކަތަށް އެންމެ ބޭނުންވާ ފައިލްވެސް މެއެވެ. ޝުކުރުވެރި ނަޒަރަކުން އޭނާ ފޯނަށް ބަލާލިއެވެ. ހީވީ އޭނާ ޝުއައިބުއަށް ޝުކުރު އަދާކުރިހެންނެވެ.
ޝުއައިބު އަބަދުވެސް ވަފާއަށް ތައުރީފްކޮށްފައި އެކުވެރިންގެ ތެރޭ ވާހަކަ ދައްކައެވެ.
‘ވަފާއަކީ ހަމަ ފަތްމިންޏެކެވެ. ފަށުވިކޮޅެއް ކަހަލަ ފަން އިސްތަށިގަނޑެކެވެ. މަޑު މުށިކުލައެއްގެ ކަޅިރަވައެކެވެ. ދޮން މޫނެކެވެ. ވަފާގެ ރީތިކަން ފެނުމާއެކު ﷲ ގެކުޅަދުންވަންތަކަން ހިތަށް އަންނަހާވާނެއެ. މިއީ ރައްޓެހިންގެ ތެރޭ ޝުއައިބު ވާފާއަށް ކިޔާފަ ކޮށްފަވާ ތައުރީފް ތަކެވެ.
ވަފާގެ ލޯބީގެ ދިގު ލިސްޓުގައި ނަން ހިމަނާދިނުމަށް ވަރަށް ގިނަ ފަހަރު ވަފާގެ ކައިރިން ޝުއައިބު އެދިފައިވެއެވެ. އެހެނަސް އެއްވެސް ޖަވާބެއް ވަފާ އޭނާއަށް ދީފައި ނުވެއެވެ. ޝުއައިބު ގޮތަށް މޯޑްވެސް ވަފާގެ ގާތްކަން ލިބުން އެދި ވާހަކަ ދައްކައެވެ. މޯޑް އަކީ ފޭސް ބުކް އިން ވަފާއަށް ދިމާވި މީހެކެވެ. ތަފާތު މެސެޖް ދެމީހުން ކޮށްފައިވެއެވެ. ފޭސް ބުކް އިންނެވެ. ވައިބާއިންނެވެ. އެކަމަކު އެދެވޭ ޖަވާބެއް ވަފާ އޭނާއަށްވެސް ނުދެއެވެ.
އަޅެ މަ ހުތުރީތަ؟” ޝުއައިބު ވަފާއާއި ސުވާލު ކުރެއެވެ.
ޖަވާބުގައި ވަފާ ހިނިތުންވެލަނީއެވެ. ހަވީރު އޮފީސް ނިންމާފައި ގެޔަށްދާން ތައްޔާރުވެލައިގެން ވަފާ އޭނާގެ ގޮނޑިން ތެދުވިއެވެ. .
“ހިނގާ ކޮފީބޯން!ދާން”
ޝުއައިބުވެސް އޮފީހަށް ވަންނަމުން ބުނެލިއެވެ.
ވަފާއާއި ޝުޢައިބު މަސައްކަތް ކުރަނީ އެއްކޮމްފެނީއެއްގައެވެ. ދެޑިޕާޓްމަންޓުގައެވެ.
އެވަގުތު ވަފާގެ ފޯނު ރިންގުވާންފެށިއެވެ. ޢިޝާރަތުން ފޯނަށް ޖަވާބުދޭށޭ ބުނަމުން ޝުއައިބު ގޮސް އޮފީސް ސޯފާގައި އިށީނދެ ހަމަޖެހިލިއެވެ. ވަފާވެސް ހިނިތުންވެލާފަ ފޯނު ނަގާ އަތަށް ހެޔޮވަރު ކޮށްލަމުން ބަލާލިއެވެ.
‘ހެލޯ” ވަފާ ފޯނުނަގާފަ ޖަވާބު ދިނެވެ.
ޖައްސާލަބަލަ މި ކޮޅަށް!” ޝާހިދު އެދުނެވެ..
އޭނައަކީ އެ ޑިޕާޓުމަންޓުގެ ވެރިޔާއެވެ. ގުޅައިފިއްޔާ ކޮންމެވެސް މަސައްކަތެއް ހަވާލުކުރާނެއެވެ. ޢާންމުކޮށްވެސް އޭނާ މަސައްކަތް ހަވާލު ކުރަނީ ފަހު ވަގުތުއެވެ ފޫހި ގޮތަކަށް ވަފާ ފޯނު މޭޒުމަތީ ބޭއްވިއެވެ. ވަފާގެ ހަރަކާތް ހުރި ގޮތުން އޭނާ ނުބުންޏަސް ވީގޮތް ޝުޢައިބުއަށް އެނގުނެވެ. ޖަވާބުގައި ޝުޢައިބު ނޫސް ނަގައިގެން ކިޔަންފެށިއެވެ. ވަފާ މިސްރާބް ޖެހީ ޝާހިދު އޮފީހަށެވެ.
“މިއުޅެނީ ދިވެހި ޑުރާފްޓެއް ހަދަންޖެހިގެން. ވަފާއަށް މި ރިޕޯޓް ހަދާލެވިދާނެތަ. މިސިޓީ އުރައިގައި ހުރިހާ މައުލޫމާތެއް ވާނެ، މިއީ މާދަމާ ހެނދުނާ މިނިސްޓްރީއަށް ފޮނުވަންޖެހޭ ޑޮކިއުމެންޓެއް” އެއްނޭވާއިން ޝާހިދު މަސައްކަތް ގަނޑެއް ވަފާއާއި ހަވާލު ކުރިއެވެ. ވަފާއަކީ ވަރަށް ޒިންމާދާރު މީހެއް ކަމުން އޮފީސްތަކުގެ ހުރިހާ ލިޔެކިޔުމެއްވެސް ޝާހިދު ހަވާލު ކުރަނީ ވަފާއާއި އެވެ. އެއްވެސް މިސްޓޭކެއް ނުއޮންނާނެ ކަމުގެ ޔަގީން ކަމާއި އެކުގައެވެ.
ލިޔެވޭނެ،” .”
ވަފާ މިހެން ބުނެލަމުން ސިޓީއުރައެއް ގޮތަށް އޮތް ފައިލް ނަގައިގެން ހިގައިގަތެވެ.
ވަފާގޮސް އޭނާގެ ގޮނޑީގައި އިށީނދެ އަނެއްކާވެސް ޕީސީ އޮންކޮށްލިއެވެ.
“ހިނގާދަމާ! އެއްޗެއް ބޯލައިގެން ހަމަޖެހިގެން އައިސް މަސައްކަތް ކުރާނީ”
ޝުއައިބު ފޫހިގޮތަކަށް ބުނެލިއެވެ.
އާއެކޭ ބުނާގޮތަށް ބޯޖަހާލަމުން އަނެއްކާވެސް ދަބަސް އަޅައިގެން ދާން ވަފާތެދުވިއިވެ. .
އެދެމީހުން ހިޔާރު ކުރީ މީހުން އެންމެ މަދުން ދާނެހެން ހީވާ ކަހަލަ ކޮފީޝޮޕަކުންނެވެ.
ޝުއައިބު އިނީ ފެހިކުލައެއްގެ ގަމީހެއް ލައިގެންނެވެ. ވަފާގެ ޝޯލްއާއި ގުޅުވާފައި ކަހަލައެވެ. ނޫނީ އެއީ އިއްތިފާގެކެވެ. ޝުއައިބުގެ ހެދުންއެޅުމުގެ ވައްޓަފާޅިއާއި ވަފާއެއްގޮތަކަށްވެސް ގަބޫލެއް ނުކުރެއެވެ. ކޮންމެވެސް އުނި ސިފައެއް އޭގެން ފެންނަހެން ވަފާއަށް ހީވެއެވެ.
އެވަގުތު ވަފާއަށް ކެނޑި ސިކުނޑި ތާޒާވިކަހަލަ ސެންޓެއްގެ ވަސް ދުވިއެވެ. އެކަމަކު ކޮންހިސާބަކުން ކަމެއް އޭނާއަށް ނޭގުނެވެ.
ދެ މީހުންގެޙިޔާލު ވަރަށް އެއްގޮތެވެ. ބޭނުންވީ އެއްވައްތަރުގެ އެއްޗިއްސެވެ. ޕާންފޮއްޗާއި، ބިސްގަނޑަކާއި، ސޮސޭޖެކެވެ. ތާޒާ އޮރެންޖް ޖޫސްއެވެ.
“ކޮންމެ ދުވަހަކު މާލަހުން އޭނާ މަސައްކަތް ހަވާލު ކުރާތީ ފޫހިދޯ” ތަނުގެ ހިމޭންކަން ދުއްވާލަމުން ޝުޢައިބު ވާހަކަ ދައްކަން ފެށިއެވެ
“އެއީއޭނާ ލައިކްވާގޮތް” ވަފާ ދިނީ ކުރު ޖަވާބެކެވެ.
ބައެއްފަހަރު ކޮމްޕެނީގެ ކަންތަކާއި މެދު އެއްޗެއް ބުނަން ވަފާއަށް އުނދަގޫ ކަހަލައެވެ. ގައިމުވެސް ޝާހިދު އާއި މެދު އޭނާ ހިތްބަރެއް ނޫނެވެ.
ސަބަބު؟” ޝުއައިބް ޕާންފޮތި އަނގަޔަށް ލަމުން އަނގަޔަށް ގޮތެއް ހަދާފައި ބުނެލިއެވެ..
‘ކީއްވެ ސައި ނުގެނެސް އަހަރުމެން ޖޫސް ގެނައީ؟” ވަފާ ވާހަކަ އޮޅުވާލަން ބުނެލިއެވެ.
” މިވަގުތަކީ ހަވީރު ވީމާ ކަމުދަނީ” ޝުއައިބުވެސް ކުރު ޖަވާބެއް ދިނެވެ.
” ކޮބާ ފައުންޑޭޝަން ހެދި ގެއަޅާ ނިމުނުތަ؟” އަނެއްކާވެސް ވާހަކަ ދެއްކީ ޝުއައިބުއެވެ.
ދެމީހުން ވަރަށް ގިނަ ވާހަކަ ދެއްކިއެވެ. ގެޔާއި އޮފީހުގެ ވާހަކައެވެ.
ވަފާގެ ހުރިހާ ސިފައެއް އޭނައަށް ވަރަށް ކަމުދާކަހަލައެވެ. އެހެނަސް އޭނާ އާއި އެއްވެސް ޝައުގުވެރިކަމެއް ވަފާގެ ނެތް ކަހަލަ އެވެ.
ދެ ގަޑިއެއްހާއިރަށް ފަހު އެމީހުން އޮފީހަށް ދިޔައެވެ.
މުޅި ދުވަހު ވެސް އެ ދެ މީހުން ތިބީ ވައިބާއިން ގުޅިފައެވެ. ވަފާއަށް ނޭނގޭ ބައެއް ކަންތައް އޮފީސްތެރޭ ޝުއައިބު ކޮށްދެއެވެ.
އޮފީސް ނިންމާފައި ގެޔަށް ވަންއިރު ވެސް އޭނާގެ އަތަކުން ފޯނެއް ދުލެއް ނުވެއެވެ. އެއީ، އޭނާ ކުރިން އުޅުނު ގޮތެއް ނޫނެވެ. އޭނާގެ ހަރަކާތްތަކަށް އޭނާގެ މަންމަ ނަފީސާ ބަލަން ހުރިކަން އެނގުނީ އިރުކޮޅެއް ފަހުންނެވެ.
އޯހ!” އޭނާ އަށް ބުނެވުނެވެ. އަދި ފޯނު ޖީބަށް ލަމުން މަންމަ ކާރީ ސޯފާގެ އެއްފަރާތުގައި އިށީނެވެ..
“އޮފީހުގައި ވަރަށް ބޮޑު މަސައްކަތެއް ފަށައިގެން މި އުޅެނީ. ސޮރީ. ގޭގައި ވަގުތު ހޭދަނުވާތީ” ކުއްވެރިޔަކުހެން ވަފާ ކިޔަމުންދިޔައެވެ.
‘ކޮބާ ދަރިފުޅު ހަދަން ފެށި ގޭގެ ހާލަތު” ދެމައިން ވަރަށް ޙިޔާލު ބަދަލުކޮށް ވާހަކަ ދެއްކިއެވެ. ވަފާ އާދައިގެ މަތިން މަންމަޔާއި ވާހަކަ ދައްކަން އިނދެފައި ކޮޓަރިއަށް ދިޔައެވެ.
ވަފާގެ ހަޔާތުގެ ރާސްތާ ދެވުނީ ހަމަ ހަލަބޮލި ކަނޑަކަށެވެ. ފިރިމީހާ ނިޔާވުމާއި އެކު ހަޔާތުގެ ބައްތެލި ބަންޑުންޖަހައިލަފާނެ އެތައް ދަނޑިވަޅުތަކެއް އައެވެ.
ވަފާއަށް ދެކުދިން ލިބިފައިވެއެވެ. ދަރިފުޅު މާހާ އަކީ އެންމެ ކުޑަ މީހާއެވެ. 6 އަހަރުގެ އަންހެން ކުއްޖެކެވެ.އޭނާގެ ކަންކަން ކޮށްފައި ދެން ވަފާއަށް އެހެން ކަމެއް ކުރެވޭނެ ކަމެއްނޯވެއެވެ. މިއިން ކޮންމެ ހިދުކޮޅަކު އޭނާގެ މަންމަ ނަފީސާ އޭނާއަށް އެހީވެއެވެ. އަބަދުވެސް ފިރިހެން ދަރިފުޅު ޒަައިދު 12 އަހަރު ހުންނަނީ އޭނާގެ މާމަ ކާރިގައެވެ.
“”ކީއްވެ މާއެކަނި ތިޔައޮތީ ފަންކާއަށް ބަލަހަށްޓައިގެން. މިއަދު މިގެޔަށް އަހަރެން ހަވީރުވެސް އައިން ވަފާ ގޭގަ ނުޅޭ”
ލިއުޝާ ގެއަށް އައިސް ބުނެލިއެވެ.
“އަސްތާ ޝާހިދު މަސައްކަތް ހަވާލު ކުރީ ފަހު ވަގުތު އެހެންވެ ގެޔަށް އާދެވުނު އިރު ހުރީ ދަމަކަށް އިރު އަރާފަ”
“އަސްލުވެސް. މަ އޭރު ކޮފީތަށި ދީފަ ދެން އައީގެޔަށް.. ކިހިނެތް އެނގޭނީ ހަނގުރާމަ އަލުން އިއާދަ ވާނެ ކަމެއް. މަ އައީވެސް ގިނަ ފައިލްތައް ނިންމާފަ”
“ޝުއައިބުވެސް ހުއްޓޭ އެހީވާން .. ކޮބާ ހިނާ ބޭރަށް ނިކުމެލަން”
” މަވެސް ދާނަން”
މާހާ އެކޮޓަރިއަށް ވަންނަމުން ބުނެލިއެވެ. އެއީ އަބަދުވެސް އާދައެވެ. މާހާ ހުންނާނީ ވަފާގެ ފަހަތުގައި އަޅުވާލާފައެވެ. އެންމެފަހުން ތަނަކަށް ދަންޏާ ދާންޖެހެނީ އޭނާ ގޮވައިގެންނެވެ.
‘އަހަރެން ގެއިން ނުކުތްއިރު ނުވަގަޑިބައެއް ނުވާނެ، މިހާރު ދިހަ ގަޑި ބައިވީ” ގަޑި ބަލައިލަމުން ލިއުޝާ ބުންޏެވެ.
ތައްޔާރުވާން އަހަރެން މާގިނަ ވަގުތެއްނަގާނެތަ؟ އެއީ މާހާ ތައްޔާރު ކުރަން 15 މިނެޓް މަގޭ މައްސަލެއް ނޫން އެއީ ވަފާ ހެމުން ހެމުން މާހާގެ ބުރުގާ އަޅާދެމުން ދިޔައެވެ.
‘ބަޖެޓް އޮތީ ޕިއްޒާއެއް ކާލަން، މާރަނގަޅު ވާނެ ގުޅައިގެން ގެޔަށް ގެނެސް ކެއީއާދޯ” ގެއިން ނިކުންނަމުން ލިއުޝާ ބުނެލިއެވެ.’
ގުޅައިގެން މީންއިރަކުން ވެސް ނާންނާނެ. ”
މާހާވެސް އޭނާގެ ޅަ ބަހުރުވައިން ބުނެލިއެވެ. މިހާރު އޭނާއަށް 6 އަހަރެވެ. ބައެއް ކަންތަށް އެނގޭ ވަރުވެއެވެ.
” ލިއު އައީ ސައިކް ގަތަ؟” ދޮރާށި ހުޅުވަމުން ވަފާ އަހާލިއެވެ.
އޭ! މަގޭ ސައިކު ސްޓާޓެއް ނުވޭ!” ލިއުޝާ ބުނެލިއެވެ.
ކޮބާ އެވީ ތިންމީހުން ހިނގާފަ ދާން.. ލަސްވެގެން ނޫޅެތި؟”
“ލަސްވެގެން ނޫން ބަނޑު ހައިވެގެން” ތުން އޫކޮށްލާފަ ލިއުޝާ ބުނެލަމުން ތިންމީހުން ގެއިން ނިކުތެވެ. .
ބޭރުގަ ތިބެފަ ގެޔަށް އައިސް ނިދަންއޮށޯވެވުނުއިރު ދަންވަރު އެކެއްޖަހަނީއެވެ. އެހެން މީހުނާ އެކު އުޅޭ ހުރިހާ އިރަކު ވަފާ ހުންނަނީ ހަމަ ހެޖިފައެވެ. އެކަމަކު އެކަނިވާ ކޮންމެފަހަރަކު ވޭނީ އުދާސް ތަކުން އޭނާގެ ހިތްނުތަނަވަސް ވެއެވެ. އިރުއަރަނީ އެނދުގައި އޭނާ ފުރޮޅި ފުރޮޅި ވަރުބަލިވާފަހުންނެވެ. ނިދުމުގެ ފުރިހަމަ އަރާމެއް އޭނާއަށް ނުލިވޭކަހަލައެވެ.
ފޯނު އަތަށް ނަގާފަ އޭނާ މޯޑުގެ ނަމްބަރަށް ޑައިލް ކޮށްލިއެވެ..
“‘އަހަރެން ބޭނުން އިރުއަރަންދެން ވާހަކަދައްކަން ތިބެން،” ކެތްތެރިކަން ކުޑަ ރާގެއްގައި މޯޑް ބުންޏެވެ.
ހީވީ އެކޯލް އަކީ މޯޑު އިންތިޒާރު ކުރަމުން ދިޔަ ކޯލް ހެންނެވެ.
މޯޑް އަކީ ރިސޯޓެއްގައި މަސައްކަތް ކުރާ ހީވާގި މުވައްޒަފެކެވެ. ވަފާ އާއި ދިމާވީ މީހެކެވެ. ގިނަފަހަރު ވަފާ އޭނާއާއި ވާހަކަ ދައްކައެވެ. އެކަމަކު އެމީހުން ދިމާވެފަ ނުވެއެވެ.
ވަފާއަށް އޮފީސް ދަތުރު ރަށަކަށް ދާންޖެހުނެވެ.
މަތިންދާބޯޓަށް އަރަމުން ޝުއައިބުއަށް އޭނާ މެސެޖެއް ފޮނުވިއެވެ ބައެއް ފައިލް ހުންނާތަންބުނެފައެވެ.
އޭނާގެ ޖަވާބު ވަރަށްވެސް ކުރެއެވެ.
“‘ރަނގަޅުވާނެ.
މޯޑުވެސް ޓެކުސްޓު ކޮށްލިއެވެ. އާދަވެ އޭނާގެ ފޮޓޯއަކާއި އެކުގައެވެ.
އަންހެން ކުދިންގެ ސަމާލުކަން އިތުރުވާނީ ފޮޓޯ ކިހިނެއް ނެގީމައިކަން މޯޑްއަށް އެނގޭކަހަލައެވެ. ނޫނީ އޭނާއަކީ ކެރޭ، ކުޅަދާނަ މީހަކީއެވެ.
ވަފާ އަނެއްކާވެސް ފޯނައް ބަލާލިއެވެ. މެސެޖެއް އައިހެން އަޑު އިވިގެންނެވެ.
” މިރަށަށް އައިސް ފުރީވާނެދޯ” މޯޑުގެ މެސެޖް ގައި އިނެވެ.
ތެދެކެވެ. ވަފާ އެދަނީ ކުޅުދުއްފުށްޓަށެވެ. އެމީހުންގެ ކޮމްޕެނީގެ އޮފީހެއް ކުޅުދުއްފުށީގައި ހުރީމާ ބޭނުންވާ ބައެއް އެޑްމިންމަސައްކަތް ކޮށްލުމަށެވެ. އޮފީސް ނިންމުމަށްފަހު ވަފާ ހުންނާނީ ވަރަށް ފުރީކޮށެވެ. އިއްތިފާގުން މިދުވަސްކޮޅު ޗުއްޓީގައި މޯޑްވެސް ވީ އެރަށުގައެވެ.
‘ކިހިނެއްވީ؟”
ވަފާވެސް ފޮނުވީ މެސެޖްއެކެވެ.
ގުޅާނަން އޯކޭތަ؟،” މޯޑްވެސް ފޮނުވީ މެސެޖް އެކެވެ.
“ރެޑީވެގެން ހުންނާތި މިރޭ ބައްދަލުވާނެ” ވަފާ ޖަވާބު ނުދެނިސް ފުލު ފުލުގައި މޯޑް މެސެޖް ކުރިއެވެ. އެއީ އޭނާގެ އާދައެވެ. ގުޅައިގެން ނުނަގައިފީޔާވެސް ހަމަ ފޯނު ނަގަންދެން ގުޅާނެއެވެ. ވަފާ ފޯނު ސައިލެންޓް ކޮށްލިއެވެ. ފުލައިޓްގަ އިނީމައެވެ.
ދުރާލައި އަހަރެން ތައްޔާރުވީމެވެ. އޮފީސް ސާމާނުތައް އެޅީ ލެޕްޓޮޕް ދަބަހަށެވެ. ލެޕްޓޮޕް ބެހެއްޓީ ކުރިމަތީ ހުރި ސީޓް ގައެވެ.
އޮފިހުގެ ގިނަ މަސައްކަތް ނިންމާފަ ވަފާ ރޭގަނޑު އަށެއްޖެހިއިރު ވަފާ ހުރީ ލޯގަނޑު ކައިރީގަ ރިތިވާށެވެ. މިއަދު މޯޑް އާއި ބައްދަލު ވާން ބުނެފަ އޮތީމަޔާވެސް އެކުގައެވެ. ނުވައެއްޖެހިއިރު ވެސް ތައްޔާރުވެއެއް ނުނިމުނެވެ.
އެވަގުތު އޭނާގެ މަންމަ ގުޅިއެވެ.
“ކޮންއިރަކު މާލެ އަންނަނީ”
“މާދަމާ ހެނދުނު ކަންނޭނގެ ގެއަށް އާދެވެނީ،”
ވަފާ ދިނީ ވަރަށް ކުރު ޖަވާބެކެވެ. އަދިވެސް ބޮޑަށް އޭނާ ލޯގަނޑުން ފަރި ބަލާލިއެވެ. މުޅިން އާމިހަކާއި ބައްދަލުވަތީ އޭނާގެ ހިތް ނުތަނަވަސް ވެފައި ވެއެވެ.
މޯޑް އައީވެސް ސައިކަލުންނެވެ. ވަފާ އުޅޭ ގެކާރިޔަށް އައިސް މެސެޖް ކުރުމުން ތެޅި ތެޅިއޮތް ހިތަކާއެކު ވަފާ ދޮރާށި ކާރިޔަށް ނުކުތެވެ.
ސައިކަލު ބެހެއްޓީ ކާރީގަ ހުރި ފިހާރަ ކާރީގައެވެ.އަދި ވަފާއާއި ދިމާލަށް ހިނގައިގަތެވެ. ވަފާވެސް ދަބަސް ރަނގަޅަށް ކޮނޑުގައި އަޅުވައިލުމަށް ފަހު، އިސްޖަހައިގެން މޯޑު އާއި ދިމާލަށް ހިނގައިގަތެވެ. އެނާގެ ހިތުގައި ވަނީ ތޫފާނެއް އުފެދިފައި ކަހަލައެވެ.
‘ރޭގަނޑު އެގާރަޖަހަންދެން އެ ގޭގެ ދޮރު ހުންނަނީ ތަޅުނުލާ. ތި ގޭގެ ގިނަ ބައިތަކުގައި އުޅޭނީ ކުއްޔަށް އުޅޭ މީހުންން.
މޯޑް ވަފާއާއި އަރާހަމަ ކޮށްފައި އެތާ އިން ޖޯލީގައި އިނށީނދެފައި ބުންޏެވެ.
‘ތިކަން އަހަންނަށް އެނގޭ’ ހިނިތުންވެލާފަ ވަފާ ބުނެލިއެވެ. އެދެމީހުންނަށްވެސް އަލަށް ބައްދަލުވީޔޭ ހީނުވެއެވެ. ހީވަނީ ދެކެފަރިތަ ދެމީހުން ހެންނެވެ.
“މީހަކަށް މިތާ ތިއްބާ ފެނިދާނެތީ ބިރު ގަނޭތަ” މޯޑް ވަފާގެ ގާތަށް ބޮޑަށް ޖެހިލަމުން ސުވާލު ކުރިއެވެ.
ނުނިމޭ