ވިލާ އެއާއިން ހިންގާ ފްލައިމީގެ ދަތުރުތައް އައްޑުއާއި، ފުވައްމުލަކަށް ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް އެ އެއާލައިނުން މިއަދު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހީމްގެ ވިލާއެއާގެ ފްލައިމީ އިން މީގެ ކުރިން ވެސް ވަނީ އައްޑޫއަށް ޝެޑިއުލް ދަތުރުތައް ކޮށްފައެވެ. 2015 ވަނަ އަހަރުން ފެށިގެން ދަތުރުތައް މެދުކެނޑިފައި އޮންނަތާ ގިނަ ދުވަސްތަކަކަށް ފަހު އަލުން ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެ އެއާލައިނުން ވަނީ ބުނެފައެވެ.
ފުވައްމުލަކާއި އައްޑުއަށް ޝެޑިއުލް ދަތުރުތައް ފެށުމުގެ ގޮތުން ކަމާ ގުޅުންހުރި މުއައްސަސާތަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށާއި މަޝްވަރާތަކުގެ އަދި ކުރިއަށްދަނީ ވަރަށް ފުރަތަމަ މަރުހަލާ ކަމަށްވާތީ ދަތުރުތައް ފެށޭނެ ދުވަހެއް ދަންނަވަން ދަތި ކަމަށްވެސް އެ އެއާލައިނުން ވިދާޅުވިއެވެ.
ފްލައިމީން މިހާރު ދަތުރު ކުރަމުންދަނީ އދ.މާމިގިއްޔާއި ބ.ދަރަވަންދޫ އެއާޕޯޓަށް އެކަންޏެވެ. ވޭތުވެދިޔަ އަހަރުގެ ތެރޭގައި ދެކުނަށް އަލުން ދަތުރުތައް ފަށަން މަސައްކަތް ކުރި ނަމަވެސް އެކަން ވަނީ އެ އެއާލައިނަށް ކާމިޔާބު ވާގޮތް ނުވެފައެވެ.
މިހާރު ދެކުނުގެ އަތޮޅުތަކަށް އުދުހުމުގެ ހުއްދަ ސަރުކާރުން ދެއްވަވާފައިވާ މޯލްޑިވިއަން ގެ އަގުތައް ބޮޑު ކަމަށް ބުނެ ގިނަ ބަޔަކު ޝަކުވާ ކުރަމުން ދާއިރު ވިލާގެ ދަތުރުތަކާއެކު އަގުތައް ތިރިވެގ، ހެޔޮ ބަދަލެއް އަންނާނެ ކަމަށް އެންމެންވެސް ބުނެއެވެ،