English Edition
Dhivehi Edition

އިދިކޮޅު ކޯލިޝަން ގުޅިގެން ސަރުކާރު ހިންގެވުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ

އިއްޔެ އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ކޯލިޝަން ދެމެހެއްޓާއި، ވައުދުތައް ފުއްދުމަށް އެމްޑީޕީ ގައުމީ މަޖިލީހަކީ ވަރަށް މުހިންމު ބަޔަކަށް ވެގެންދާނެކަމަށެވެ. އަދި އާ ސަރުކާރެއް އުފެދި، މަސައްކަތްތައް ފެށިގެން ދާއިރު ވެސް ގައުމީ މަޖިލީހުގެ ދައުރަކީ ވަރަށް މުހިންމު ދައުރަކަށް ވެގެންދާނެކަމަށް އިބޫވަނީ ވިދާޅުވެއެވެ

އިންތިހާބު ކާމިޔާބު ކުރެވުނީ ގުޅިފައިވާ ޕާޓީތަކުގެ އެހީތެރިކަމާއެކުގައި ކަމަށް ފަހަގަކުރައްވަމުން އިބޫ ވިދާޅުވީ ކޯލިޝަން ގުޅިގެން މަސައްކަތް ކުރުމަށް އެމްޑީޕީ ގައުމީ މަޖިލީހުގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ