ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ސަސްޕެންޑްކޮށްފި އެވެ.
ސްޕްރީމް ކޯޓުން ސުއޫދުގެ ކޯޓުތަކުގައި ވަކާލާތު ކުރުން މަނާކުރުމަށް ނިންމާފައި ވަނީ މި މަހުގެ 24 ވަނަ ދުވަހު އުއްތަމަ ފަނޑިޔާރު އިސްތިއުފާދެއްވުމަށް ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ.
ސުއޫދު ކުރެއްވި ޓްވީޓް ގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ ހަމަޖެހުމަށާއި އަމާންކަމަށް މަޖިލިސް ރައީސް އަބްދުﷲ މަސީހާއި، އުއްތަމަ ފަނޑިޔާރު ޑރ.އަބްދުﷲ ދީދީ އިސްތިއުފާދެއްވަން ޖެހޭ ކަމަށެވެ.
ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިއަދު ބުނީ، އެ މައްސަލަ ބަލަމުންދާ ކަމަށާއި އެހެންވެ ސުއޫދު ކޯޓުތަކުގައި ވަކާލާތުކުރުން މިއަދު ފެށިގެން މަނާ ކުރާ ކަމަށެވެ.
މީގެކުރިން ވެސް ސުއޫދު ސަސްޕެންޑްކޮށްފައިވެ އެވެ. ސުއޫދުގެ ސަސްޕެންޝަން އެންމެފަހުން އުވާލީ އެކެއް ފެބުރުއަރީގެ އަމުރަށްފަހު އެވެ. އޭގެފަހުން ކުރިމިނަލް ކޯޓުން އެ ކޯޓަށް ނުވަދެވޭ ގޮތަށް ސުއޫދު ވަނީ ސަސްޕެންޑްކޮށްފަ އެވެ.